ހޭންޑްބޯލް ޗެމްޕިއަންކަން ނިއު އާއި ޔޫތު ސްޕޯޓްސް އަށް

Advertisement

ހޭންޑްބޯލް ޗެމްޕިއަންކަން ނިއު އާއި ޔޫތު ސްޕޯޓްސް އަށް

ފަހުމިނެޓް
ނިއުއިން ހޭންޑްބޯލް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލަނީ. ފޮޓޯ: ހާފް ކޯޓް މޯލްޑިވްސް

ހަތަރުވަނަ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޗެމްޕިއަންކަން ނިއު ރޭޑިއަންޓް އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކުލަބް ހޯދައިފިއެވެ.

ރޭ ކުޅެވުނު ފައިނަލުގައި އަންހެން ބައިގެ ޗެމްޕިއަންކަން ނިއު ރޭޑިއަންޓް ހޯދީ، އޮރީޒް ހޭންޑްބޯލް ކްލަބާ ވާދަކޮށް 22-21 ޕޮއިންޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ނިއު އަށް ކުޅޭ، ރާއްޖޭގެ ކުރީގެ އެއް ވަނަ އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިއާ ފާތިމަތު ރިޝްމާ އެވެ.

ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ޔޫތު ސްޕޯޓްސް. ފޮޓޯ: ހާފް ކޯޓް މޯލްޑިވްސް

ރިޝްމާ ވަނީ އަންހެން ބައިގެ ގަދަ ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ. ރިޝްމާގެ އިތުރުން މި ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ނިއުގެ އައިޝަތު ރީމާ އާއި ފާތިމަތު ޝިފާ އާއި އޮރީޒްގެ ޒުލައިޚާ އިބްރާހިމް އާއި އައިމިނަތު އިސްރާއު އަބްދުލްޝުކުރާއި ނަޝްފާ އާމިރާ އަދި ޔޫތު ސްޕޯޓްސް ކްލަބުގެ ނާހިދާ އަހުމަދެވެ.

ރޭ ނިމުނު މިމުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކްލަބު ހޯދީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 29-26 ޕޮއިންޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޔޫތުގެ އަބްދުﷲ ޒިޔާއު އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އޭނާގެ އިތުރުން އެ ޓީމުގެ އަހުމަދު ސައިފް ނައީމާއި ރިޝްފާން ރަޝީދާއި މުހައްމަދު ފިރުނާޝް އަބްދުﷲ އާއި އަހުމަދު އިނާޝްގެ އިތުރުން ސިފައިންގެ ޓީމުގެ އަހުމަދު ނަސީރާއި އަހުމަދު ރަޒުނީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *