ރައީސް، 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

Advertisement

ރައީސް، 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ޢަލީ ޝަހީމް
ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ފުޓްސަލް ދަނޑުތަށް ނިސްބަތްވާ ރަށްރަށުގެ ފަރާތްތައް ރައީސްއާއެކު ފޮޓޯ އަކަށް ހުއްޓިގެން. ފޮޓޯ: ރައީސް އޮފީސްަ

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް އެރީނާ ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން 50 ފުޓްސަލް ދަނޑު ރަސްމީކޮށް ރޭ ހުޅުއްވައިދެއްވައިފިއެވެ.

ސްޕޯޓްސް އެރީނާގެ ދަށުން ރާއްޖޭގެ 50 ރަށެއްގެ ފުޓްސަލް ދަނޑުތައް ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށް ހާއްސަ ކުރައްވައިގެން ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް ހުޅުއްވައިދެއްވި ފުޓްސަލް ދަނޑުތަކަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ އެކި ރަށްރަށުގައި އަޅުއްވަން ފެއްޓެވި ފުޓްސަލް ދަނޑުތަކެވެ. ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން އިތުރު ފުޓްސަލް ދަނޑުތަކެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ ފުޓްސަލް ދަނޑު ނިސްބަތްވާ 50 ރަށުގެ ބޭފުޅުންނާއެކު ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.

ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުވެސް ބައިވެރިވެފައިވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *