ރޮނާލްޑޯ ނެތްތައް ފޫބައްދާނީ ބޭލްގެ އެހީތެރިކަމާއެކު: ލޮޕެޓީގު

Advertisement

ރޮނާލްޑޯ ނެތްތައް ފޫބައްދާނީ ބޭލްގެ އެހީތެރިކަމާއެކު: ލޮޕެޓީގު

ޢަލީ ޝަހީމް
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށްފަހު ބޭލް އުފާފާޅު ކުރަނީ. މި ސީޒަނުގައި ރޮނާލްޑޯ ނެތްތައް ފޫބަށްދަން ބޭލްގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވޭ

އާ ސީޒަނަށް ސްޕޭންގެ ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތައް ފޫބެއްދުމަށް ގަރެތް ބޭލްގެ އެހީތެރިކަން ލިބޭނެކަމަށް އެޓީމާ އަލަށް ގުޅުނު ކޯޗު ޖޫލެން ލޮޕެޓީގު ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ޒިނެދިން ޒިދާންގެ ކޯޗުކަމުގައި ބޭލް ގިނަ މެޗުތަކުގައި ފެނިފައިވަނީ ބެންޗުންނެވެ. އެހެންކަމުން ބޭލްވެސް ރެއާލް ދޫކޮށްލަފާނެ ކަމަށް އޮތީ ބެލެވިފައެވެ. އެކަމަކު 99 މިލިއަން ޕައުންޑަށް ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޯދާފައިވާ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުން ރެއާލްގެ ޓީމުން ބޭލްއަށް އަލުން ފުރުސަތު ލިބޭނެ ކަމަށް ލޮޕެޓީގު ވަނީ ބުނެފައެވެ.

“ގަރެތް (ބޭލް) ރެއާލް މެޑްރިޑް ގައި ހުރީ ވަރަށް އުފަލުން. ކްރިސްޓިއާނޯ (ރޮނާލްޑޯ) އަކީ ފަހުގެ ތާރީހުގައި ރެއާލްގެ ކާމިޔާބީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ. އޭނާ ބޭނުންވީ ރެއާލް ދޫކޮށްލަން. އެހެންވެ އަހަރެމެން ބޭނުންވީ އޭނަ އެހެން ޓީމަކަށް ބަދަލުވާން” އުމުރުން 51 އަހަރުގެ ސްޕޭނަށް އުފަން ކޯޗު ބުންޏެވެ.

ލޮޕެޓީގު ބުނީ، ބޭލްއަކީ ރޮނާލްޑޯގެ މަގާމް ފުރޭވަރުގެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށާއި، ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ. ލޮޕެޓީގު ވަނީ ބޭލް ޕްރިމިއަރ ލީގު ކްލަބަކަށް ބަދަލުވުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

“ގަރެތް ރެއާލްގަ ހުރީ ވަރަށް އުފަލުން. އޭނާގެ ހުނަރު ދައްކަން މިއީ ވަރަށް ރަނގަޅު ފުރުސަތެއް. މިއީ ޝައުގުވެރި ކުރުވަނިވި ކަމެއްގެ ފެށުމެއް. އެހެން ކްލަބަކަށް ބަދަލުވާ ވާހަކަތަކާ ގުޅޭގޮތުން އެއްޗެއް ބުނާކަށް ބޭނުމެއްނޫން” އުމުރުން 29 އަހަރުގެ ކުޅުންތެރިޔާއާ ގުޅޭގޮތުން ލޮޕެޓީގު ބުންޏެވެ.

2013 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބޭލް ބަދަލުވީ 87 މިލިއަން ޕައުންޑަށް އޭރުގެ ރެކޯޑް އަގެއްގައެވެ. ރެއާލަށް ބަދަލުވުމަށްފަހު މިހާތަނަށް ބޭލްވަނީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބޭލްވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ ދެ ގޯލުޖަހާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. އެ މެޗުގައި ބޭލްޖެހީ އޯވަހެޑް ކިކަކީ ފަހުގެ ތާރީހެއްގައި ޗެމްޕިއަންސް ލީގުގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ.

ރޮނާލްޑޯ ނެތްތައް ފޫބަށްދަން ބޭލްގެ އެހީތެރިކަން ހޯދާނެކަމަށް ލޮޕެޓީގު ބުނެފައިވާއިރު ރެއާލްގައި މިހާރު އޮތް ޓީމާއެކު ކާމިޔާބީ ހޯދޭނެކަމަށް ލޮޕެޓީގު ވަނީ ބުނެފައެވެ. ޗެމްޕިއަންސް ލީގު ހޯދި ނަމަވެސް، ލީގުގައި އެޓީމު ނިންމާލީ ވާދަވެރި ބާސެލޯނާއަށްވުރެ 17 ޕޮއިންޓް ފަހަތުން ތިންވަނައިގައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *