ސީޒަން ހުޅުވާ މެޗަށް މާރެޒް ފިޓް ވާނެ

Advertisement

ސީޒަން ހުޅުވާ މެޗަށް މާރެޒް ފިޓް ވާނެ

ޢަލީ ޝަހީމް

އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވާމެޗަށް ރެކޯޑް އަގެއްގައި މެންޗެސްޓަރ ސިޓީއަށް ބަދަލުވި ރިޔާދް މާރޭޒް ފިޓުވާނެކަމަށް ސިޓީން ބުނެފިއެވެ. މާރޭޒް އަށް އަނިޔާ ވެފައިވަނީ މި ހަފްތާތެރޭ ބެޔާން މިއުނިކާއި ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގެ ފުރަތަމަ ހާފުގައެވެ.
އެމެޗުގެ ފުރަތަމަ ހާފުގައި މާރޭޒްއަށް އަނިޔާވެ ބަދަލުކުރަން ޖެހުނީ ބެޔާންގެ ކްރިސް ރިޗާޑްސް މާރޭޒް އަތުން ބޯޅަ ހޯދަން އުޅުމގެ ތެރޭގައި އަނިޔާ ވެގެންނެވެ. އެމެޗުން ސިޓީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މާރޭޒް އަކީ މި ސީޒަނަށް ސިޓީއާ ގުޅުނު އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ސިޓީން ވަނީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައިވެސް މާރޭޒް ގެންދަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހު ވަގުތު އޭރު މާރޭޒް ކުޅެމުންދިޔަ ލެސްޓާ ސިޓީން މާބޮޑަށް އަގުބޮޑު ކުރުމުން ސިޓީން މާރޭޒް ގެންދިއުން އެފަހަރު ހުއްޓާލިއެވެ.
އާ ސީޒަނަށް 60 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުނު މާރޭޒްގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ބަދަލުކުރި އިރު ކުރިން ބެލެވުނީ ސީޒަންގެ ކުރީކޮޅު އޭނާއަށް ގެއްލޭނެކަމަށެވެ. ނަމަވެސް ސިޓީން ހެދި ސްކޭނަށްފަހު އިތުރު އަނިޔާއެއް ވެފައި ނުވާކަން ކްލަބުން މިހާރު ވަނީ ޔަގީން ކޮށްދީފައެވެ.
އަންނަ އާދީއްތަ ދުވަހުގެ ރޭ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ސިޓީ ނުކުންނާނީ މިދިޔަ ސީޒަންގެ އެފްއޭކަޕް ކާމިޔާބު ކުރި ޗެލްސީއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *