އިބްރާހިމޮވިޗްގެ ހެޓްރިކާއެކު ގެލެކްސީއިން އޯލަންޑޯ ސިޓީ ބަލިކޮށްފި

Advertisement

އިބްރާހިމޮވިޗްގެ ހެޓްރިކާއެކު ގެލެކްސީއިން އޯލަންޑޯ ސިޓީ ބަލިކޮށްފި

އަޙްމަދު ޔަޝައު

އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑުން އެމެރިކާގެ އެލް.އޭ ގެލެކްސީއަށް ބަދަލުވި ސްވިޑަންގެ ވެޓެރަން ފޯވާޑު ޒްލަޓާން އިބްރާހިމޮވިޗް މޭޖާރ ލީގް ސޮކާގައި އޭނާގެ ފުރަތަމަ ހެޓްރިކް ހަދައި ޓީމު މޮޅުކޮށްދީފިއެވެ.

އޯލަންޑޯ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޯލަންޑޯގެ ކްރިސްޓިއަން ހިގުއިޓާ އެޓީމަށް ލީޑު ނަގާދީފައިވަނިކޮށް ގެލެކްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކުރިން ބާސެލޯނާ އަށާއި ޓޮޓެންހަމްއަށް ކުޅެފައިވާ މެކްސިކޯގެ ޖިއޮވާނީ ޑޮސް ސަންޓޮސްއެވެ. ސަންޓޮސް ލަނޑުޖެހިތާ މާގިނައިރެއް ނުވެ ގެލެކްސީގެ ސިއާނީ އަތުން ބައިކޮޅަށްވަން ލަނޑަކާއެކު އޯލަންޑޯއަށް މެޗުގައި ދެވަނަފަހަރަށް ލީޑު ލިބުނެވެ. ފުރަތަމަ ހާފު 1-2 ގެ ނަތީޖާއިން އޯލަންޑޯ ކުރީގައިއޮވެ ނިންމާލިނަމަވެސް، ދެވަނަ ހާފުގައި ފެނިގެންދިޔައީ އުމުރުން 36 އަހަރުގެ އިބްރާހިމޮވިޗްގެ ޖާދޫއެވެ.

Advertisement

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އިބްރާހިމޮވިޗް އުފާފާޅުކުރަނީ

ދެވަނަހާފު ފެށިތާ މާގިނައިރެއްނުވެ އިބްރާހިމޮވިޗް ލަނޑެއްޖަހާ ގެލެކްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ނަމަވެސް، މެޗުގެ 54 ވަނަ މިނެޓުގައި އޯލަންޑޯގެ ޑޮމިނިކް ޑަޔަރ ވަނީ ލަނޑެއްޖަހާ އަނެއްކާވެސް އެޓީމަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް، އޭގެ 13 މިނެޓުފަހުން އިބްރާހިމޮވިޗް ވަނީ އިތުރު ލަނޑެއްޖަހާ ތިންވަނަ ފަހަރަށް ގެލެކްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ 4 މިނެޓުފަހުން އިބްރާވަނީ މެޗުގައި ފުރަތަމަ ފަހަރަށް ގެލެކްސީއަށް ލީޑު ނަގާދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ އޭނާ ގެލެކްސީއަށް ކުޅެދިން 17 މެޗުގައި ކާމިޔާބުކުރި 15 ވަނަ ގޯލެވެ. އަދި މިއީ ވެސްޓާން ކޮންފެރެންސް ލީގްގެ ތިން ވަނައިގައި އޮތް ގެލެކްސީ ބަލިނުވެ ހަމަކުރި ނުވަވަނަ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *