އެންމެފަހުން ޑީނޭ ދޫކޮށްލަން ބާސާއިން އެއްބަސްވެއްޖެ

Advertisement

އެންމެފަހުން ޑީނޭ ދޫކޮށްލަން ބާސާއިން އެއްބަސްވެއްޖެ

އަޙްމަދު ޔަޝައު

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ވާތު ބެކް ލޫކަސް ޑީނޭ އިންގްލެންޑްގެ އެވަޓަންއަށް ވިއްކާލުމަށް ބާސާއިން އެއްބަސްވެއްޖެއެވެ.

ބާސެލޯނާގެ އޮފިޝަލް ޓްވިޓާރ އެކައުންޓުން ވަނީ ޑީނޭ ކްލަބް ދޫކޮށްލާނެކަން ކަށަވަރުކޮށްދީފައެވެ. ބެލެވޭ ގޮތުގައި ބާސެލޯނާއިން ޑީނޭ ވިއްކާލުމަށް އެއްބަސްވެފައިވަނީ 25 މިލިއަން ޔޫރޯ އަށެވެ. އެވަޓަން އިން ވަނީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ޑީނޭ ހޯދުމަށް މަސައްކަތްކޮށްފައެވެ.

Advertisement

ލޫކަސް ޑީނޭ

ކުރިން ފްރާންސްގެ ލިއްލޭ އަށާއި ޕީ.އެސް.ޖީއަށް އަދި ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ރޯމާއަށް ކުޅެފައިވާ އުމުރުން 25 އަހަރުގެ ޑިފެންޑަރ އަށް ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ބާސެލޯނާގެ ފުލްޓީމުން ޖާގަލިބުމުގައި އުނދަގޫތަކެއް ކުރިމަތިވެފައެވެ. ބާސެލޯނާގެ ވާތު ބެކުގެ ޖާގައަށް ޑީނޭ ވާދަކުރަން ޖެހެނީ ސްޕެއިންގެ ޖޯޑީ އަލްބާއާއެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސް ސްކޮޑުން ޑީނޭއަށް ޖާގަ ލިބުނުނަމަވެސް، ނިމިގެންދިޔަ ވޯލްޑްކަޕް ތަށިނެގި ފްރާންސް ސްކޮޑުން އޭނާއަށް ޖާގަ ނުލިބުމުގެ އެންމެބޮޑު ސަބަބަކީ ކުޅުމުގެ ފުރުޞަތު ނުލިބުމެވެ. 2016 ވަނަ އަހަރު ޕީ.އެސް.ޖީ އިން ބާސެލޯނާއަށް ބަދަލުވި ޑިފެންޑަރު ބާސެލޯނާއަށް ޖުމްލަ 46 މެޗު ކުޅެދީފައިވެއެވެ.

ޑީނޭ ވެގެންދާނީ އެވަޓަންގެ އާ ކޯޗު މާކޯ ސިލްވާ އެކުލަބާ ހަވާލުވިފަހުން ސޮއިކުރާ ދެވަނަ ކުޅުންތެރިޔާއަށެވެ. ސިލްވާ ވަނީ އެވަޓަންގެ ރެކޯޑް ފީއަކަށް އިންގްލެންޑްގެ ވޮޓްފޮޑް އަށް ނިމިގެންދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ރިޗާރލިސަން ފަންސާސް މިލިއަން ޕައުންޑްގެ އަގަކަށް ސޮއިކޮށްފައެވެ.

ރިޗާރލިސަން

ޑީނޭ ވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ބާސެލޯނާއިން އޭނާއަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ހާއްޞަކޮށް ޓީމުގެ ސްޓާފުންނާއި، ޓްރެިނަރުންނާއި، ފިޒިއޯއިންނާއި، ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައިވއެވެ.

އެވަޓަންގައި ފުލް އެގާރައިން ޖާގަ ހޯދުމަށް ޑީނޭ ވާދަކުރަންޖެހޭނި ވެޓެރަން ޑިފެންޑަރ ބެއިންސްއާއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *