ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން މުބާރާތް މިރޭ ފަށަނީ

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން މުބާރާތް މިރޭ ފަށަނީ

ޢަލީ ޝަހީމް
މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހެންވޭރު ޓީމް. މިފަހަރުގެ މުބާރާތުގައި އެޓީމު ބައިވެރިވެފައެއް ނުވޭ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ މެޗުތައް މިރޭ ފަށާނެއެވެ. 55 ރަށަކުން ބައިވެރި މި މުބާރާތުގެ ޒޯން ބުރަށް 20 ޓީމެއް ވަނީ ކޮލިފައިވެއެވެ. ޒޯން މުބާރާތުގައި ކޮންމެ ޒޯނަކުން ދެ ޓީމަކަށް ގަދަ 16 އިން ފުރުސަތު ލިބޭނެއެވެ. ގަދަ 16 ގައި ޓީމުތަށް ވާދަކުރަން ޖެހޭނީ ޒޯންތަކުގެ އެއްވަނަ އަދި ދެވަނައަށް ދާ ޓީމުތަކުގެ މެދުގައި ނެގޭ ގުރަކުންނެވެ.

ގަދަ 16 ގެ މެޗުތައް އަންނަ މަހުގެ 5 އަދި 6 ވަނަ ދުވަހު ކުޅޭއިރު ކުއާޓަރ ފައިނަލް މެޗުތައް ކުޅޭނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް 12 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ އޯގަސްޓް 15 ވަނަ ދުވަހުއެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މާފަންނު މިނީ ގްރައުން 1 އަދި 2 ގައެވެ. 6 ޒޯނުގެ މެޗުތައް މިރޭ ކުރިއަށް ދާނެއެވެ. ޒޯން މުބާރާތުގައި ފުރަތަމަ ކުޅޭނީ ޒޯން 1 ގެ ދެމެޗެވެ. މިރޭ 8 ޖަހާއިރު މި ދެމެޗުވެސް ކުޅޭއިރު ށ. ކަނޑިތީމު ނުކުންނާނީ ހދ. ކުމުންދޫއާ ދެކޮޅަށެވެ. ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ހދ. ނާވައިދޫ ނުކުންނާނީ ހއ. ވަށަފަރާއި ދެކޮޅަށެވެ. 9 ޖަހާއިރު ޒޯން ދޭއްގައި އޭދަފުށި ނުކުންނާނީ އަލިފުށްޓާއި ދެކޮޅަށެވެ. ހަމަ އެގަޑީގައި ޒޯން ފަހެއްގެ ނިލަންދޫއާ ތިމަރަފުށި ވެސް ވާދަކުރާނެއެވެ. 10 ޖަހާއިރު ފަށާ މެޗުގައި ޒޯން ތިނެއްގެ އއ. ބޮޑުފުޅަދޫ ކ. މާފުށްޓާއި ދެކޮޅަށް ނުކުންނައިރު ހަމަ އެގަޑީގައި ޒޯން ހައެއްގެ ގދ. ތިނަދޫ އަދި ގއ. ދާންދޫ ބައްދަލުކުރާނެއެވެ. ޒޯން ހަތަރެއްގައި ހިމެނޭ ދަނގެތި އަދި ދިއްގަރު ވާދަކުރާއިރު މި މެޗު ކުޅޭނީ 11 ޖަހާއިރުއެވެ.

ޒޯންތައް ބެހިފައިވާގޮތް:

ޒޯން 1: ހއ. ވަށަފަރު، ށ. ކަނޑިތީމު، ހދ. ކުމުންދޫ، ހދ. ނާވައިދޫ

ޒޯން 2: ނ. މާފަރު، ރ. އަލިފުށި، ބ. އޭދަފުށި

ޒޯން 3: ޅ. ނައިފަރު، ކ. މާފުށި، އއ. ބޮޑުފުޅަދޫ

ޒޯން 4: އދ. ދަނގެތި، މ. ދިއްގަރު

ޒޯން 5: ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި

ޒޯން 6: ލ. ގަން، ގއ. ދާންދޫ، ގދ. ތިނަދޫ

ޒޯން 7: ސ. ފޭދޫ

ޒޯން 8: މާލެ. މާފަންނު

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *