ގޯލްޑަން ފުޓްސަލް ޗެލެންޖް: 20 ރަށް ޒޯން ބުރަށް ކޮލިފައިވެއްޖެ

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: 20 ރަށް ޒޯން ބުރަށް ކޮލިފައިވެއްޖެ

ޢަލީ ޝަހީމް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހުރިހާ އަތޮޅެއްގެ ޗެމްޕިއަންކަން ކަށަވަރުވެ 20 ރަށަކުން ޒޯން ބުރުގެ ޖާގަތައް ކަށަވަރު ކޮށްފިއެވެ. ޒޯން ބުރަށް އެންމެ ފަހުން ކޮލިފައިވީ ރޭ ކުޅުނު މެޗުގައި ގއ. ނިލަންދޫ ބަލިކޮށް ގއ. ދާންދޫ އެވެ. މީގެ އިތުރުން ރޭ ވަނީ ހދ. އަތޮޅުގެ ފައިނަލް މެޗުވެސް ކުޅެފައެވެ. އެ މެޗުގައި ކުމުންދޫ ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދީ ނާވައިދޫއެވެ. ނަމަވެސް ހދ. އަތޮޅުގެ 7 ރަށަކުން މުބާރާތުގައި ބައިވެރިވެފައިވާތީ ދެވަނަ ޓީމުގެ ގޮތުގައި ކުމުންދޫއަށް ވެސް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފައެވެ.

އެއްވެސް މެޗެއް ނުކުޅެ ޒޯން ބުރަށް ކޮލިފައިވީ ލ. ގަމާއި، މާލެ. މާފަންނު އަދި ދ. ކުޑަހުވަދޫގެ އިތުރުން ސ. ފޭދޫ އެވެ. މި ހަތަރު ޓީމު ނިސްބަތްވާ އަތޮޅުތަކުން އިތުރު ޓީމެއް މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. މީގެ އިތުރުން މާފަންނު އަދި ފޭދޫ ނިސްބަތްވާ ޒޯނުންވެސް އިތުރު ޓީމެއް މުބާރާތުގައި ބައިވެރި ވެފައިނުވާތީ އެ ދެޓީމު ވަނީ އޮޓަމެޓިކުން ގަދަ 16 އަށް ދަތުރު ކޮށްފައެވެ. މާފަންނު ނިސްބަތްވަނީ މާލެ ހިމެނޭ ވަކި ޒޯނަށެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން މާލެ. ހެންވޭރު ޓީމު މިފަހަރު ބައިވެރިވެފައެއް ނުވެއެވެ. އައްޑުއާއި ފުވައްމުލައް ހިމެނޭ ޒޯނުންވެސް މުބާރާތުގައި ބައިވެރިވެފައިވަނީ ފޭދޫ އެކަންޏެވެ.

Advertisement

މުބާރާތުގެ ޒޯން ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ. ކޮންމެ ޒޯނަކުން ދެޓީމު ގަދަށް 16 އަށް ކޮލިފައިވާނެއެވެ. ގަދަ 16 ގެ މެޗުތައް އަންނަ މަހުގެ 5 އަދި 6 ވަނަ ދުވަހު ކުޅޭއިރު ކުއާޓަރ ފައިނަލް މެޗުތައް ކުޅޭނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް 12 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ އޯގަސްޓް 15 ވަނަ ދުވަހުއެވެ.

ޒޯން ބުރަށް ކޮލިފައިވި ރަށްތައް:

ހއ. ވަށަފަރު

ހދ. ކުމުންދޫ

ހދ. ނާވައިދޫ

ށ. ކަނޑިތީމު

ނ. މާފަރު

ރ. އަލިފުށި

ބ. އޭދަފުށި

ޅ. ނައިފަރު

ކ. މާފުށި

މާލެ. މާފަންނު

އއ. ބޮޑުފުޅަދޫ

އދ. ދަނގެތި

މ. ދިއްގަރު

ފ. ނިލަންދޫ

ދ. ކުޑަހުވަދޫ

ތ. ތިމަރަފުށި

ލ. ގަން

ގއ. ދާންދޫ

ގދ. ތިނަދޫ

ސ. ފޭދޫ

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *