ސިޓީ އަނެއްކާވެސް ލިވަޕޫލްގެ އަތްދަށު ވެއްޖެ

Advertisement

ސިޓީ އަނެއްކާވެސް ލިވަޕޫލްގެ އަތްދަށު ވެއްޖެ

ޢަލީ
ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާހް ސިޓީ ކޮޅަށް ލަނޑު ޖެހެުމަށްފަހު އުފާފާޅު ކުރަނީ.. ފޮޓޯ: ފޭސްބުކް

އިނގިރޭސި އާ ސީޒަން ފެށުމުގެ ކުރިން އެމެރިކާގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕުގައި އިނގިރޭސި ވިލާތުގެ ލިވަޕޫލް އާ ވާދަކޮށް އަނެއްކާވެސް މެންޗެސްޓަރ ސިޓީ ބަލިވެއްޖެ އެވެ.

މިއީ މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގައި ސިޓީގެ ދަނޑުގައި 5 – 0 އިން ލިވަރޕޫލް ބަލިވި ފަހުން އެޓީމް ކައިރިން ލިވަޕޫލް މޮޅުވި ހަތަރު ވަނަ މެޗެވެ. އޭގެ ފަހުން ޕްރިމިއަރ ލީގުގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވެފައި ވާއިރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ މެޗުންވެސް އެޓީމު ވަނީ ސިޓީގެ މައްޗަށް ކުރި ހޯދާފައެވެ.

Advertisement

އެމެރިކާގެ ނިއު ޖާރޒީގައި މިއަދު ކުޅުނު މެޗުގައި ދެޓީމުގެވެސް ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވެއެވެ. މި މެޗުގެ ފުރަތަމަ ހަމަލާ ސިޓީން އުފެއްދި އިރު، މިފަހަރުގެ ޓްރާންސްފަރ މާކެޓުގައި އެޓީމާއި އަލަށް ގުޅުނު ރިޔާދް މާރޭޒްގެ ފަރާތުންވެސް ލިވަޕޫލްގެ ޑިފެންސަށް މެޗުގެ ކުރީކޮޅު ނުރައްކާ ކޮށްފައި ވެއެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ދެޓީމުންވެސް ދެވަނަ ހާފު ފެށީ ބައެއް ބަދަލުތަކާ އެކުގައެވެ.  މެޗު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ ލިވަޕޫލުން ވަނީ ސިޓީގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި 2 ހަމަލާއެއް ފޮނުވާލާފައެވެ. މިގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ހަމަލާއަކުން ސޮލާންކޭ ގޯލެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

އޭގެ މިނެޓެއް ފަހުން، ދެވަނަ ހާފުގައި ކުޅެން ނުކުތް މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވާ ތަނަވަސްކުރި ފުރުސަތަކުން އެޓީމުގެ ލެރޯއި ސާނޭ ވަނީ ލަނޑެއް ޖަހައި ސިޓީއަށް ލީޑު ނަގާދީފައެވެ. މި ލަނޑާއެކު ލިވަޕޫލުން ކުޅުން ރަނގަޅުކޮށް އެޓީމުގެ އެޓޭކް ވަރުގަދަ ކުރުމަށް މިސްރުގެ މުހައްމަދު ސަލާހް އަދި ޒުވާން ކުޅުންތެރިޔާ ސޮއަރޭސް ކަމަޗޯ ކުޅެން ނެރެފައި ވާއިރު އެ ދެކުޅުންތެރިން ކުޅެން ނުކުތް ފުރަތަަމަ މިނެޓުގައި ކަމަޗޯ ނެގި ހުރަހަކުން ސަލާހް ވަނީ ލިވަރޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ ވޯލްޑް ކަޕް ނިމި، ޕްރީ ސީޒަން ފެށުނު ފަހުން ސަލާހް ކުޅުނު ފުރަތަމަ މެޗެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ލިވަރޕޫލަށް ލީޑު ނަގާދިނީ ސެނެގާލްގެ ފޯވާޑް ސަދިއޯ މާނޭ އެވެ. މާނޭ މިލަނޑު ޖަހާފައި އެޓީމުގެ ސޮލާންކޭއަށް ސިޓީގެ ޒުވާން ޑިފެންޑަރު ޓޮސީ އަޑާރާބައޮޔޯ ފައުލް ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *