ލީގަށް ވާދަކުރާނެތޯ އެހުމުން ޖަވާބުދޭން މޮރީނިއޯ ދެކޮޅު ހަދައިފި

Advertisement

ލީގަށް ވާދަކުރާނެތޯ އެހުމުން ޖަވާބުދޭން މޮރީނިއޯ ދެކޮޅު ހަދައިފި

ޢަލީ ޝަހީމް
މިހާރު ކުރިއަށްދާ ޕްރީ ސީޒަންގެ ތެރެއިން މޮރީނިއޯ. ލީގު ހޯދުމާ ގުޅޭގޮތުން ސުވާލުކުރުމުން ޖަވާބުދޭން އޭނާ ދެކޮޅުހެދި

އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ އިނގިރޭސި ޕްރިމިއަރ ލީގު މެންޗެސްޓަރ ޔުނައިޓެޑަށް ކާމިޔާބު ކުރެވިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޖަވާބުދޭން ހޯސޭ މޮރީނިއޯ ދެކޮޅު ހަދައިފިއެވެ.

އާ ސީޒަނަށް މިހާރު އެމެރިކާގައި މެޗުތައް ކުޅެމުންދާ މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ ދެމެޗުން އެއްވަރުވިއިރު މިއަދު ހެނދުނު އެމެރިކާގައި ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެ އޭސީ މިލާން ވަނީ ބަލިކޮށްފައެވެ.

Advertisement

ލީގަށް ވާދަކުރަން އުއްމީދު ކުރަންތޯ އެހުމުން މޮރީނިއޯ ބުނީ އެ ސުވާލަށް ޖަވާބުދޭން ބޭނުން ނުވާކަމަށެވެ. ނޫސްވެރިން އިތުރު ތަފްސީލް ހޯދުމަށް ކީއްވެތޯ އެހުމުން މޮރީނިއޯ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހަނު ހުރެފައެވެ.

“އަހަރެން ތި ސުވާލަށް ޖަވާބެއް ނުދޭނަން” އެމެރިކާގެ ލޮސް އެންޖޮލިސް ގައި އޭސީ މިލާނާ ބައްދަލުކުރި މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.

އާ ސީޒަނަށް ޔުނައިޓެޑުން މިހާތަނަށް 68 މިލިއަން ޕައުންޑް ހަރަދު ކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ކުރީ ބްރެޒިލްގެ މިޑްފީލްޑަރ ފްރެޑް ގެންދިއުމަށެވެ. ޔޫކްރޭންގެ ޝަކްތަރ ޑޮނެސްކުން ޔުނައިޓެޑަށް ފްރެޑް ގެންދިޔައީ 47 މިލިއަން ޕައުންޑަށެވެ. ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު މޮރީނިއޯ އަމާޒަކީ އަދި އިތުރު ދެކުޅުންތެރިން ޔުނައިޓެޑަށް ގެންދިއުމެވެ.

ޔުނައިޓެޑުން ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި ޗެލްސީއަށް ކުޅޭ ބްރެޒިލްގެ ވިލިއަން އާއި ވޯލްޑް ކަޕްގައި ކްރޮއޭޝިޔާ ޓީމުން ވިދާލީ އެންޓެ ރެބިޗާއި ޓޮޓެންހަމް ހޮޓްސްޕާޒަށް ކުޅޭ ޓޮބީ އަލްޑަވެރަލްޑް ހިމެނެއެވެ.

ޔުނައިޓެޑްގައި މޮރީނިއޯ ހޭދަކުރި ފުރަތަމަ ސީޒަނުގައި ވަނީ ޔޫރަޕާ ލީގާއި ލީގުކަޕް އެ ކްލަބަށް ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް މިދިޔަ ސީޒަން ޔުނައިޓެޑް ނިންމާލީ އެއްވެސް ތަށްޓެއް ނުލިބިއެވެ. ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީގެ ފަހަތުން ދެވަނަ ލިބުނު އިރު އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑް ބަލީ ޗެލްސީއާ ވާދަކޮށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *