ވޯލްޑް ކަޕްގެ އެންމެ މޮޅު ލަނޑުގެ އެވޯޑް ޕަވާޑަށް

Advertisement

ވޯލްޑް ކަޕްގެ އެންމެ މޮޅު ލަނޑުގެ އެވޯޑް ޕަވާޑަށް

ޢަލީ ޝަހީމް
ޕަވާޑް އާޖެންޓީނާ ކޮޅަށް ލަނޑު ޖަހަނީ

މިމަހުގެ  15 ވަނަ ދުވަހު ރަޝިޔާގައި ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖެހި އެންމެ މޮޅު ލަނޑުގެ އެވޯޑް ފްރާންސްގެ ޑިފެންސުގައި މޮޅު ކުޅުމެއް ދެއްކި ބެންޖަމިން ޕަވާޑަށް ލިބިއްޖެއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސާއި އާޖެންޓީނާ ވާދަކުރި މެޗުގެ 57 ވަނަ މިނެޓުގައި ޕަވާޑް ޖެހި ހިތްގައިމު ގޯލަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. ފީފާގެ ވެބްސައިޓުގައި ކުރިއަށް ގެންދިޔަ ޕޯލް އިން ޕަވާޑުގެ ގޯލަށް ތިން މިލިއަނަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ވޯޓު ދީފައެވެ.

Advertisement

ޗެމްޕިއަން ފްރާންސްގެ ފުލްބެކަށް ކުޅުނު ޕަވާޑު މި ގޯލު ޖެހީ އެޓީމުގެ ޑިފެންޑަރ ލޫކަސް ހެނާންޑޭޒް ނަގައިދިން ހުރަހެއް ފެނު ޖެހުނު ވަގުތު މަތީގައި އޮއްވައި ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ މަތީ ކަނަށް ބޯޅަ އަމާޒު ކޮށްލައިގެންނެވެ. ޕަވާޑަކީ 1998 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފްރާންސްގެ ފުރަތަމަ ޑިފެންޑަރެވެ.

“ބޯޅަ ބިންމަތީގައި ޖެހިފަ އައީ އަހަރެންނާ ދިމާލަށް. އަހަރެން މަސައްކަތް ކުރީ ބޯޅަ އައި ދިމާލުން ގޯލަށް ޖަހަން. އެއީ ސްޓްރައިކަރުން އަބަދުވެސް އަހަންނަށް ކިޔައިދޭ ގޮތް. އެބޯޅަ ގޯލް ތެރެއަށް ވަނުމުން އަހަންނަށް ވަރަށް އުފާވެރި އިހުސާސެއް ކުރެވުނު” އެމެޗުގައި ލަނޑު ޖެހުމަށްފަހު ޕަވާޑް،22، ބުންޏެވެ.

ޕަވާޑުގެ ލަނޑަށްފަހު ދެވަނަ ލިބުނީ ގްރޫޕް ސްޓޭޖުގައި ކޮލަމްބިއާ އާއި ޖަޕާނު ވާދަކުރި މެޗުގައި ކޮލަމްބިއާގެ ހުއާން ކުއިންޓެރޯ ޖެހި ހިލޭ ޖެހުމަށެވެ. ތިންވަނަ އަށް އެންމެ މޮޅު ލަނޑަކަށް ހޮވުނީ ކްރޮއޭޝިޔާއާއި އާޖެންޓީނާ ގްރޫޕް ސްޓޭޖުގައި ވާދަކުރިއިރު ލޫކަ މޮޑްރިޒް ޖެހި ލަނޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *