ދިވެހި ޕްރިމިއަރ ލީގު މެޗުތައް ފަސްކޮށްފި

Advertisement

ދިވެހި ޕްރިމިއަރ ލީގު މެޗުތައް ފަސްކޮށްފި

ޢަލީ ޝަހީމް

މިހާރު ކުޅެމުންދާ ދިވެހި ޕްރިމިއަރ ލީގުގައި މިމަހުގެ 29، 30 އަދި 31 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ފަސްކޮށްފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މެޗުތައް ފަސްކުރީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކުގައި ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުން ލިބިފައިވާތީ އެވެ.

ބަދަލު ގެނެސްފައިވާ މެޗުތައް ކުޅުމަށް މިހާރު ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 26، 27 އަދި 28 ވަނަ ދުވަހުއެވެ. އެހެންކަމުން ކްލަބްތަކުން ދެން ޕްރިމިއަރ ލީގުގެ މެޗެއް ކުޅުމާ ހަމައަށް ދެމަސް ދުވަހުގެ ބްރޭކެއް ލިބިގެންދާނެއެވެ. މުބާރާތުގެ ޝެޑިއުލް ކުރިން އިނީ ޖުލައި 31 ވަނަ ދުވަހުގެ ރޭ އީގަލްސް އާއި ގްރީން ސްޓްރީޓްސް ގެ މެޗަށްފަހު ފަހު ބްރޭކް ދޭގޮތަށެވެ. ބްރޭކް ދިނުމަށް ޝެޑިއުލްގައި ހަމަޖައްސާފައިވަނީ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު އެކުލަވާލައި ތައްޔާރުވުމަށެވެ.

Advertisement

ސާފް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 4 އިން 15 އަށް ބަންގްލަދޭޝް ގައެވެ.

ދިވެހި ޕްރިމިއަރ ލީގުގައ މިހާތަނަށް ކޮންމެ ޓީމަކުން ހަތަރު މެޗު ކުޅެފައިވާއިރު 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޓީސީ އެވެ. ދެވަނައިގައި 10 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް އޮތްއިރު ލަނޑުގެ ތަފާތުން 10 ޕޮއިންޓާއެކު ނިއުގެ ފަހަތުން ތިންވަނަ ލިބެނީ ގްރީން ސްޓްރީޓްސް އަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *