ޕެނަލްޓީ ޖަހައިގެން އެއް ދުވަސްތެރޭ ދެމެޗުން ބަލިވެއްޖެ

Advertisement

ޕެނަލްޓީ ޖަހައިގެން އެއް ދުވަސްތެރޭ ދެމެޗުން ބަލިވެއްޖެ

ޢަލީ ޝަހީމް
ސްވާންސީ އާ ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން ޖެނޯއާގެ ގޯރާން ޕަންޑޭވް ބޯޅަ ހިފައިގެން ދަނީ

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުން ރެލިގޭޓްވި ސްވާންސީ ސިޓީ، އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖާމަނީގައި މިހާރު ކުޅެމުންދާ އިންޓަވިޓަން ކަޕް މުބާރާތުގައި އެއް ދުވަސްތެރޭ ދެމެޗުން ބަލިވެއްޖެ އެވެ. އިޓަލީގެ ޖެނޯއާ އަދި ޖާމަނީގެ އެފްސީ މަޖްޑިބާގް އަތުންވެސް އެޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅޭތީ މި މުބާރާތުގެ މެޗުތަކުގައި ހާފެއްގައި ކުޅެނީ ތިރީސް މިނެޓެވެ.

ރާއްޖެ ގަޑިން ހޮނިހިރު ދުވަހުގެރޭ ދަންވަރު ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ބައްދަލުކުރީ ޖެނޯއާ އެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން އެޓީމު ބަލިވީ 3-4 އިންނެވެ. އެ މެޒުގައި ސްވާންސީ އިން ޕެނަލްޓީ ވައްދާނުލަނީ ޖޯޑި އަމަޓް އާއި ކައިލް ނައުޓަން އެވެ.

އެމެޗަށްފަހު އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި މަޖްޑިބާގް އަތުން ޕެނަލްޓީގައި އެޓީމު ބަލިވީ 4-2 އިންނެވެ. އެއް ދުވަހަކު ދެމެޗު ކުޅުނު ނަމަވެސް ސްވާންސީގެ ކޯޗު ގްރަހަމް ޕޮޓަރ މި ދެމެޗަށްވެސް ނެރެފައިވަނީ ތަފާތު ދެ ޓީމެކެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުން ރެލިގޭޓްވުމުން ސްވާންސީ ސިޓީ މި ސީޒަނުގައި ކުޅޭނީ އީއެފްއެލް ޗެމްޕިއަންޝިޕް ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *