ފަސޭހަކަމާއެކު ސޮނެވާ ބަލިކޮށް ގްރޭންޑް ޕާކް ކޮށްދިއްޕަރު ފައިނަލަށް

Advertisement

ފަސޭހަކަމާއެކު ސޮނެވާ ބަލިކޮށް ގްރޭންޑް ޕާކް ކޮށްދިއްޕަރު ފައިނަލަށް

ޢަބްދުﷲ އަޝްރަފް

އާލާ އިންޓަރ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގްގެ ސެމީފައިނަލް ތިންވަނަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށް ގްރޭންޑް ޕާކް ކޮށްދިއްޕަރު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މިއަދު ހަވީރު ކުޅުނު މިމެޗް ގްރޭންޑް ޕާކުން ކާމިޔާބު ކުރީ ސޮނެވާފުށި ރިސޯޓް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗް ކުޅުނީ ސޮނެވާފުށި ރިސޯޓްގައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ގްރޭންޑް ޕާކަށް ކުޅޭ ސްރީލަންކާގެ ކުޅުންތެރިއެއް ކަމަށްވާ ލަހިރު އެވެ.

ގްރޭންޑް ޕާކް ސެމީ ފައިނަލްގެ ތިން ވަނަ މެޗަށް އައީ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ޑަބްލިއު މޯލްޑިވްސް ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުއެވެ. ސޮނެވާ މި މެޗަށް އަންނަންޖެހުނީ ސެމީގެ ފުރަތަމަ މެޗްގައި ބަނޑޮސް މޯލްޑިވްސް އަތުން ބަލިވުމުންނެވެ. އެ މެޗުން ސޮނެވާ ބަލިވީ ތިން ސެޓް އެއް ސެޓުންނެވެ. ސޮނެވާފުށްޓަކީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނައަޕް ޓީމެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ. ގްރޭންޑް ޕާކް ކޮށްދިއްޕަރާއި ބަނޑޮސް މޯލްޑިވްސް ވާދަކުރާ މި މެޗް ކުޅޭގޮތަށް ހަމަޖެހިފައިވަނީ ބަނޑޮހުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *