ރަޖިސްޓްރީ ނުކޮށް މުބާރާތްތައް ނުބާއްވަން އަންގައިފި

Advertisement

ރަޖިސްޓްރީ ނުކޮށް މުބާރާތްތައް ނުބާއްވަން އަންގައިފި

ޢަބްދުﷲ އަޝްރަފް

ކޮމިޝަނަރ އޮފް ސްޕޯރޓްސް ގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ވާދަވެރި ކުޅިވަރު މުބާރާތް ނުވަތަ ހަރަކާތްތައް ނުހިންގުމަށާއި، އެފަދަ ހަރަކާތްތައް ހިންގުމުގެ ކުރިން މުބާރާތް ހިންގާ ފަރާތް އަދި މުބާރާތުގައި ވާދަކުރާ ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސް ގައި ރަޖިސްޓްރީކުރުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްއިން އަންގައިފިއެވެ.

ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓްރި އިން މިގޮތަށް އަންގައިފައިވަނީ އެ މިނިސްޓްރީގެ ފަރާތުން ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފައިވާ އާއްމު އިޢުލާނެއްގައެވެ. އެ އިޢުލާނުގައިވާ ގޮތުން އެ މިނިސްޓްރީން އާއްމުކޮށް އެގޮތަށް އެކަން އަންގަންޖެހުނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިނުވާ ކުޅިވަރު ޖަމިއްޔާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާދަވެރި މުބާރާތްތައް ހިންގަމުންގެންދާ ކަމުގެ ޝަކުވާ ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލިބެމުންއަންނަކަން ފާހަގަކުރެވޭތީ ކަމަށް ބުނެފައިވެއެވެ.

Advertisement

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު (ޤާނޫނު ނަންބަރު 30/2015) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވާދަވެރިގޮތެއްގައި ކުޅިވަރު މުބާރާތް ނުވަތަ ހަރަކާތް ހިންގޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެހެންނަމަވެސް އެކިއެކި އިޖްތިމާއީ ކަންކަން ފާހަގަކުރުމުގެ ގޮތުން ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކާއި، ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކާއި، އެފަދަ ތަޢުލީމްދޭ މަރުކަޒުތަކުން އެފަރާތުގެ މަންހަޖްގެ ތެރެއިން ނުވަތަ އެނޫނަސް، ރާވައި ހިންގޭ އެކިއެކި މުބާރާތްތަކާއި، ގައުމީ އެކިއެކި މުނާސަބާ ފާހަގަކުރުމަށް ރާވައި ހިންގޭ ކުޅިވަރު މުބާރާތްތައް ބޭއްވުމަކަށް އެއްވެސް މީހަކަށް ވިޔަސް ނުވަތަ ޖަމިއްޔާއަކަށްވިޔަސް ހުރަހެއް ނެތްކަމަށް މި ޤާނޫނުގެ 5 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *