ބަނޑޮސް ފައިނަލަށް، ސޮނެވާ ގަދަހިފުމަކަށް

Advertisement

ބަނޑޮސް ފައިނަލަށް، ސޮނެވާ ގަދަހިފުމަކަށް

ޢަބްދުﷲ އަޝްރަފް

އިންޓަރ ރިސޯޓް ވޮލީ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުން މޮޅުވެ ބަނޑޮސް މޯލްޑިވްސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ބަނޑޮސް ފައިނަލަށް މިދިޔައީ މިއަދު ހަވީރު އެ ރިސޯޓްގައި ކުޅުނު ސެމީފައިނަލް މެޗްގައި ސޮނެވާފުށި ރިސޯޓާއި ވާދަކޮށް 3 ސެޓް 1 ސެޓުން މޮޅުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގެ ފުރަތަމަ ސެޓް 21-25 އިން ހޯދީވެސް ބަނޑޮހުންނެވެ. އެކަމަކު ދެވަނަ ސެޓްގައި ސޮނެވާފުށި ޓީމުން އިތުރު ހިތްވަރެއް ލައި 25-23 އިން ކާމިޔާބުކުރިއެވެ، ފުރަތަމ ދެ ސެޓެކޭ އެއްގޮތަށް ތިންވަނަ ސެޓްވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސެޓް ބަނޑޮހަށް ގެންދެވުނީ 23-25 އިން ނެވެ. ހަތަރުވަނަ ސެޓް ފުރަތަމަ ތިން ސެޓްހާ ވާދަވެރި ނުވިނަމަވެސް މި ސެޓްގައިވެސް ބަނޑޮހަށް ސޮނެވާފުށިން ރަގަޅު ފައިޓެއް ދިނެވެ. އެސެޓް ސޮނެވާއަށް ގެއްލުނީ 18-25 އިންނެވެ.

Advertisement

މި މެޗުން ސެނޮވާފުށި ބަލިވިޔަސް އެ ޓީމަށް ފައިނަލްގެ ފުރުސަތު އަދި ބަންދެއް ނުވެއެވެ. ފައިނަލަށް ދިއުމަށްޓަކައި އެ ޓީމް ދެން ނުކުންނަންޖެހެނީ މިއަދު ހަވީރު ކުޅެވުނު ސެމީފައިނަލް ގެ ދެވަނަ މެޗް ޑަބްލިއު މޯލްޑިވްސްއާ ވާދަކޮށް ކާމިޔާބުކުރި ގްރޭންޑް ޕާކް ކޮށްދިއްޕަރާއެވެ. މި މެޗް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ސޮނެވާފުށި ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *