ސެރީނާގެ އުއްމީދަށް ހުރަސްއަޅައި ކާބާރ ތަށި ހޯދައިފި

ސެރީނާގެ އުއްމީދަށް ހުރަސްއަޅައި ކާބާރ ތަށި ހޯދައިފި

ޢަލީ ޝަހީމް

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ދުނިޔޭގެ 11 ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެންޖެލިކް ކާބަރ ހޯދައިފިއެވރެ. އިއްޔެ ސެންޓަރ ކޯޓްގައި ކުރިއަށްދިޔަ ފައިނަލް މެޗް ކާބަރ ކާމިޔާބު ކުރީ ފަސޭހަ ކަމާއެކުއެވެ 3-6 އަދި 3-6 އިން އެމެރިކާގެ ސެރީނާ ވިލިއަމްސް ބަލިކޮށްގެންނެވެ.

މިއާއެކު އެންމެ ގިނަ ގްރޭންޑް ސްލޭމް ޓައިޓްލް ހޯދާ ދެވަނަ އަންހެން ކުޅުންތެރިޔާއަށް ވުމަށް އުމުރުން 36 އަހަރުގެ ސެރީނާ ވިލިއަމްސް ކުރަމުން އަންނަ އިންތިޒާރު ދިގުވީއެވެ. މިހާތަނަށް ސެރީނާ ގެރ އަތުގައި 23 ގްރޭންޑް ސްލޭމް ތަށި އޮތް އިރު އަންހެނުންގެ ތެރެއިން އެންމެ ގިނަ ގްރޭންޑް ސްލޭމް ޓައިޓްލް ހޯދައިފައިވަނީ މާގްރެޓް ކޯޓެވެ. އޭނާ ހޯދައިފައިވާ ގްރޭންޑް ސްލޭމް ޓައިޓްލް ގެ އަދަދަކީ 24 އެވެ.

އަނެއްކޮޅުން މިއީ ޖާރމަނީގެ އެންޖެލިކް ކާބަރ ކާމިޔާބުކުރި ފުރަތަމަ ވިމްބަލްޑަން މުބާރާތެވެ. މީގެ ކުރިން 2016 ވަނަ އަހަރު އުމުރުން 30  އަހަރުގެ ކުޅުންތެރިޔާ ވަނީ އޮސްޓްރޯލިއަން އޯޕަންއާއި ޔޫއެސް އޯޕަން ކާމިޔާބުކޮށްފައެވެ. ކާބަރ ވެފައިވަނީ މިފަހަކަށް އައިސް ޓެނިހުގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ޑިފެންސިވް ސްޓައިލެއް ގެންގުޅޭ އަންހެން ކުޅުންތެރިޔާގެ ގޮތުގައެވެ. އެކަން އޭނާ ފައިނަލް މެޗްގައިވެސް ވަރަށް ރަގަޅަށް ސާބިތުކޮށްދިނެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.