ކޮންޓޭގެ މަގާމް ފުރަން ސާރީ ޗެލްސީއަށް

Advertisement

ކޮންޓޭގެ މަގާމް ފުރަން ސާރީ ޗެލްސީއަށް

ޢަލީ ޝަހީމް

މިދިޔަ ދެ ސީޒަނުގައި ޗެލްސީގެ ކޯޗުގެ ގޮތުގައި ހުރި އެންޓޯނިއޯ ކޮންޓޭ އެ މަގާމުން ވަކި ކުރުމަށްފަހު މިދިޔަ ސީޒަނުގައި އިޓަލީގެ ނަޕޯލީއަށް ލީގުގެ ދެވަނަ ހޯދައިދިން މައުރީޒިއޯ ސާރީއާ ޗެލްސީގެ ކޯޗުގެ މަގާމް ހަވާލު ކޮށްފިއެވެ.

ޗެލްސީއާ ހަވާލު ވުމަށްފަހު ސާރީ ބުނީ އޭނާ ބޭނުންވަނީ ޝައުގުވެރި ކުރުވަނިވި ފުޓްބޯޅައެއް ޗެލްސީން ކުޅުމެވެ.

Advertisement

“މިއީ އަހަރެންގެ ކެރިއަރުގައި ވަރަށް އުފާވެރި ދުވަސްވަރެއް. އަހަރެން އުއްމީދު ކުރަން ޝައުގުވެރި ކުރުވަނިވި ފުޓްބޯޅައެއް ގެނެސްދެވޭނެ ކަމަށް. ސަޕޯޓަރުންނަށް ވެސް އަންގަދޭން ބޭނުންވަނީ ސީޒަން ނިމޭއިރު އަހަރެމެން ތަށިތަކަށް ވާދަކުރާނެކަން” އުމުރުން 59 އަހަރުގެ ސާރީ ބުންޏެވެ.

ސާރީ އަކީ 2003 ވަނަ އަހަރު ރޯމަން އަބްރަމޮވިޗް ޗެލްސީއާ ހަވާލުވުމަށްފަހު ގެނައި 13 ވަނަ ކޯޗެވެ. އުމުރުގެ އެއްވެސް އިރެއްގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިނުވާ ސާރީ ކޯޗިންގެ ދާއިރާގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ އިޓަލީ ސީރިއާ ބީ ގެ ޕެސްކަރާއާ އެކުއެވެ. އެއަށްފަހު ސާރީ އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ 2012 ވަނަ އަހަރު އިޓަލީގެ ދެވަނަ ޑިވިޝަން ކްލަބް އެމްޕޮލީއަށް ކޯޗުކަން ކޮށްދިން އިރުއެވެ. އެ ޓީމުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ސީރިއާ ބީގެ ޕްލޭ އޮފް ކުޅެގެން ބަލިވުމުން އިޓަލީގެ އެއްވަނަ ޑިވިޝަނަށް އެފަހަރު އެމްޕޮލީ ޕްރޮމޯޓެއް ނުވިއެވެ. ނަމަވެސް ދެވަނަ ސީޒަނުގައި ސާރީ ވަނީ ސީރިއާ ބީ ގެ ދެވަނަ މަގާމް ހޯދައި 2015 ވަނަ އެ ކްލަބް އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީފައެވެ.

ސާރީ ދެން ފެނުނީ ފެނުނީ އިޓަލީގެ ނަޕޯލީންނެވެ. 2015 ވަނަ އަހަރު ނަޕޯލީއާ ހަވާލުވެ ހޭދަކުރި ތިން ސީޒަނުގައި އޭނާ ވަނީ ޔުވެންޓަސް އާ ރަނގަޅު ވާދައެއް ކޮށްފައެވެ. މިދިޔަ ސީޒަނުގައި ނަޕޯލިން ލީގު ހޯދުމާ ގާތަށް ދިޔަ ނަމަވެސް ފަހު ދެމެޗުން މޮޅެއް ނުހޯދުމުން ސާރީގެ ނަޕޯލީއަށް ލިބުނީ ލީގުގެ ދެވަނަ އެވެ.

ސާރީ އިޓަލީގެ އެމްޕޮލީއަށް ކޯޗުކޮށްދެނީ

ނަޕޯލީގައި ސާރީ ކޯޗުކަން ކުރިއިރު އެޓީމު ވެގެން ގޮސްފައިވަނީ ވަރަށް ބޮޑަށް އެޓޭކިން ގޭމެއް ކުޅޭ ޓީމަކަށެވެ. މިގޮތުން 2016-2017 ވަނަ އަހަރުގެ ސީޒަނުގައި ނަޕޯލީން ޖެހި 94 ގޯލަކީ 2000 ގެ އަހަރުތަކުގެ ފަހުން އިޓަލީ ލީގުގައި އެއްސީޒަނެއްގައި އެންމެ ގިނައިން ޖެހި އަދަދެވެ. ސާރީ ކޯޗުކަމުގެ ތިން ސީޒަނުގައި ނަޕޯލީން ޖެހި 251 ގޯލަކީ އިޓަލީގެ ރެކޯޑެކެވެ.

ނަޕޯލީއަށް ސާރީ ކޯޗުކޮށްދިން 114 މެޗުގެ ތެރެއިން އެޓީމު ވަނީ 79 މެޗުން މޮޅުވެފައެވެ. 22 މެޗުން އެއްވަރުވިއިރު ބަލިވީ އެންމެ 13 މެޗުންނެވެ. އިޓަލީ ލީގުގައި ސާރީއާއެކު ނަޕޯލީ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޗެމްޕިއަންސް ލީގުގައި ވޭތުވެދިޔަ ތިން ސީޒަނުގައި ނަޕޯލީ ގޮވައިގެން ސާރީއަށް ކުއާޓަރ ފައިނަލާ ހަމައަށްވެސް ދެވިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެޓީމު ނިންމާލީ އިންގްލެންޑުގެ މެންޗެސްޓަރ ސިޓީ އާއި ޔޫކްރޭންގެ ޝަކްތަރ ޑޮނެސްކުގެ ފަހަތުން ތިންވަނައިގައެވެ. މިއީ ގައުމުން ބޭރުގައި ސާރީ ކޯޗިންގެ ތަޖުރިބާ ކުރާ ފުރަތަމަ ފަހަރެވެ.

ޗެލްސީގެ ކޯޗުކަމާ ހަވާލުވިއިރު ސާރީ އަކީ އޭނާގެ ކޯޗިން ކެރިއާގައި މިހާތަނަށް ތައްޓެއް ހޯދިފައިވާ ކޯޗެއް ނޫނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *