ގްރާސް ރޫޓް ލެވެލްގެ ކޯޗިން ޕްރޮގްރާމެއް އައްޑޫގައި ކުރިއަށް ގެންގޮސްފި

Advertisement

ގްރާސް ރޫޓް ލެވެލްގެ ކޯޗިން ޕްރޮގްރާމެއް އައްޑޫގައި ކުރިއަށް ގެންގޮސްފި

ފަހުމިނެޓް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ “ޓުވާޑްސް ފިއުޗަރ” ޕްރޮގްރާމްގެ ދަށުން، ގްރާސްރޫޓް ލެވަލްގައި ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އައްޑޫ ސިޓީ ޒީން ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. އިއްޔެ ބޭއްވި ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލަކާ އެކުއެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ 18 ކޯޗުން ތަމްރީނު ކޮށްފައިވެއެވެ. މީގެ ތެރޭގައި ހަތް އަންހެން ކޯޗުންވެސް ހިމެނެއެވެ. މި ކޯހުގައި ތަމްރީނުތައް ކުރިއަށް ގެންދެވީ އެފް.އޭ.އެމް ގެ ކޯޗް އަހްމަދު ޝަރީފް (ޑުންގާ ކޯޗު) ގެ ބެލުމުގެ ދަށުންނެވެ. ޝަރީފަކީ އޭ.އެފް.ސީ ގެ ގްރާސްރޫޓް އިންސްޓްރަކްޓަރ ލައިސަންސް ހާސިލް ކޮށްފައިވާ ބޭފުޅެކެވެ.

ގްރާސްރޫޓް ލެވެލްގެ ހަރަކާތްތަކަކީ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން މުޅި ދުނިޔޭގައިވެސް އެންމެ ރަނގަޅު ޕްލޭނަކާ އެކީ ހިންގާ އެއް ޕްރޮގްރާމެވެ. ގްރާސް ރޫޓް ކޯޗުން އާއްމު ގޮތެއްގައި ތަމްރީނު ކުރަނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *