ސިޓީ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުން: މާރޭޒް

Advertisement

ސިޓީ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުން: މާރޭޒް

ޢަލީ ޝަހީމް

އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީއަށް ބަދަލުވެ އެންމެ ބޮޑަށް ބޭނުންވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކަމަށް ރިޔާދް މާރޭޒް ބުނެފިއެވެ. މި ހަފްތާތެރޭ ސިޓީގެ ރެކޯޑު އަގަކަށް މާރޭޒް ބަދަލުވީ 60 މިލިއަން ޕައުންޑަށެވެ. މާރޭޒް އަކީ މިދިޔަ ޖެނުއަރީ ޓްރާސްފާރ މުއްދަތުގައި އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ގެންދަން ބޭނުންވި ކުޅުންތެރިއެކެވެ. ނަމަވެސް އެފަހަރު މާރޭޒް ސިޓީއަށް ނުގެންދެވުނީ ފަހު ވަގުތު 95 މިލިއަން ޕައުންޑަށް އޭރު މާރޭޒް ކުޅެމުން ދިޔަ ލެސްޓަރ ސިޓީން އަގުބޮޑު ކުރުމުންނެވެ.

އަލްޖީރިޔާއަށް އުފަން މާރޭޒް،27، ފަސް އަހަރު ދުވަހުގެ މުއްދަތަށް ސިޓީއަށް ބަދަލުވުމަށްފަހު ބުނީ ސިޓީ އަކީ ބޮޑު ކްލަބެއް ކަމަށާއި ގާޑިއޯލާ އާއެކު މަސައްކަތް ކުރަން ފުރުސަތު ބޭނުންވި ކަމަށެވެ.

Advertisement

“ސިޓީގެ އަމާޒެއް އެބައޮތް މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިޔަގޮތަށް އެއަށްވުރެ ކުރިއަށް ދާން. ސިޓީ އަށް އަންނަން ނިންމީ އެކަން ހާސިލްކުރަން ބޭނުންވާތީ. ޗެމްޕިއަންސް ލީގަކީ ބޮޑެތި ކްލަބް ތަކަށް އޮންނަ މުބާރާތެއް. ސިޓީ އަކީ ބޮޑު ކްލަބެއް”

މާރޭޒް ވަނީ 2016 ވަނަ އަހަރު ލެސްޓަރ ސިޓީ އާއެކު ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައެވެ. ލެސްޓަރގެ އެންމެ މުހިއްމު ކުޅުންތެރިޔާގެ ގޮތުގައި ހުރެ ސިޓީއަށް ބަދަލުވި އިރު މާރޭޒަށް ފުރަތަމަ އެގާރައިން ޖާގަ ލިބޭނެތޯ އެއީ އުފެދޭ ސުވާލެކެވެ. މާރޭޒް ކުޅޭ މަގާމަށް ސިޓީގައި މިހާރުވެސް ލިރޯއީ ސާނޭ އާއި ރަހީމް ސްޓާލިންގް ގެ އިތުރުން ބަނާޑޯ ސިލްވާ އަދި ކެވިން ޑިބްރޫންވެސް ކުޅެއެވެ. މި ކުޅުންތެރިންނާ ގުޅޭގޮތުން މާރޭޒް ބުނީ ކޮންމެ ޓީމަކުވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބޭނެ ކަމަށާއި، ވާދަވެރިކަމަކީ ފުޓްބޯޅައިގެ ބައެއް ކަމަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *