ފްރާންސާއި ކްރޮއޭޝިޔާގެ އަތްދަށުވި ހަނދާނާއެކު އާޖެންޓީނާގެ ރެފްރީ ފައިނަލަށް

Advertisement

ފްރާންސާއި ކްރޮއޭޝިޔާގެ އަތްދަށުވި ހަނދާނާއެކު އާޖެންޓީނާގެ ރެފްރީ ފައިނަލަށް

ޢަލީ ޝަހީމް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މިފަހަރުގެ ފައިނަލް މެޗުގެ ރެފްރީ އަކަށް އާޖެންޓީނާގެ ރެފްރީ ނެސްޓޯ ޕިޓާނާ ފީފާ އިން ހަމަޖައްސައިފި އެވެ. ޕިޓާނާ އާއެކު އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި އެސިސްޓެންޓް ރެފްރީކަން ކުރާނީވެސް އެގައުމަށް އުފަން ހާނަން މައިޑަނާ އާއި ހުއާން ޕަބްލޯ ބެލައްޓީ އެވެ.

އާޖެންޓީނާގެ އޮފިޝަލުންގެ ޓީމެއް ވޯލްޑް ކަޕް ފައިނަލުގައި އިންސާފު ކުރާއިރު، އެގައުމަށް މިއީ ވޯލްޑް ކަޕްގައި ނާކާމިޔާބު އަހަރެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިޔާ އަތުން 3-0 އިން އެޓީމު ބަލިވިއިރު މުބާރާތުން ކެޓީ ގަދަ 16 ގައި ފްރާންސް އަތުން 4-3 އިން ބަލިވެގެންނެވެ.

Advertisement

ޕިޓާނާ، 43، އަކީ 2010 ވަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީ އެކެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ވަނީ ހަތަރު މެޗެއްގައި ރެފްރީކަން ކޮށްފައެވެ. އެއީ ރަޝިޔާ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރި މުބާރާތް ހުޅުވި މެޗާއި، ގްރޫޕް ސްޓޭޖުގައި މެކްސިކޯ އަތުން ސްވިޑެން މޮޅުވި މެޗާއި ގަދަ 16 ގައި ކްރޮއޭޝިޔާ އާއި ޑެންމާކް ބައްދަލުކުރި މެޗުގެ އިތުރުން ކުއާޓަރ ފައިނަލުގައި ފްރާންސާއި އުރުގުއޭ ބައްދަލުކުރި މެޗުގައެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޖަރުމަނާއި ފްރާންސް ބައްދަލުކުރި މެޗުގައި ޕިޓާނާ ރެފްރީކަން ކުރަނީ

މިއީ ދެ ވޯލްޑް ކަޕެއްގައި އާޖެންޓީނާގެ ރެފްރީއަކު ތަމްސީލު ކުރާ ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ޕިޓާނާ ރެފްރީކަން ކޮށްފައި ވާއިރު، އެގައުމަށް އުފަން ނޯބާޓޯ ކޮއެރެއްޒާ ވަނީ 1970 އަދި 1978 ވަނަ އަހަރުގެ ވޯލްޑް ވޯލްޑް ކަޕްގައި ރެފްރީކަން ކޮށްފައެވެ. 2014 ވަނަ އަހަރު ޕިޓާނާ ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗަކާއި ކުއާޓަރ ފައިނަލުގައި ޖަރުމަނުން ފްރާންސް ބަލިކުރި މެޗުގައި ރެފްރީކަން ކޮށްފައެވެ. މީގެ އިތުރުން އޭނާ ވެގެންދާނީ ވޯލްޑް ކަޕްގެ ފައިނަލެއްގައި އިންސާފު ކުރާ އާޖެންޓީނާގެ ދެވަނަ ރެފްރީއަށެވެ. މީގެ ކުރިން އާޖެންޓީނާގެ ރެފްރީއެއް ވޯލްޑް ކަޕްގެ ފައިނަލުގައި ރެފްރީކަން ކުރީ 2006 ވަނަ އަހަރު އެވެ. ފްރާންސާއި އިޓަލީ ވާދަކުރި 2006 ވަނަ އަހަރުގެ ފައިނަލުގައި ރެފްރީކަން ކުރީ އާޖެންޓީނާއަށް އުފަން ހޮރާސިއޯ އެލިޒޮންޑޯ އެވެ.

ސައުތު އެމެރިކާއިގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ރެފްރީ ޕިޓާނާ ވަނީ 2015 ވަނަ އަހަރުގެ ކޮޕަ އެމެރިކާގަވެސް ރެފްރީކަން ކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި ކޮންފެޑަރޭޝަންސް ކަޕްގެ ސެމީ ފައިނަލުގައި ޖަރުމަނާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ރެފްރީކަން ކުރީވެސް އޭނާ އެވެ.

ވޯލްޑް ކަޕް ފައިނަލުގައި ފްރާންސާއި ކްރޮއޭޝިޔާ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *