ސެރީނާ އާއި އޭންޖެލީކް ފައިނަލަށް

Advertisement

ސެރީނާ އާއި އޭންޖެލީކް ފައިނަލަށް

އަޙްމަދު ޔަޝައު

މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސިންގަލްސް އަންހެންބައިގެ ފައިނަލަށް އެމެރިކާގެ ސެރީނާ ވިލިއަމްސް އާއި ޖާރމަނީގެ އޭންޖެލީކް ކާބަރ ދަތުރުކޮށްފިއެވެ.

ސެރީނާ ފައިނަލަށް ދަތުރުކުރީ ލަންޑަންގެ އޯލް އިންގްލެންޑް ކްލަބުގައި މިއަދު ކުޅެވުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޖާރމަނީގެ ޖޫލިއާ ގާގަސްއާ ބައްދަލުކޮށް 2-6، 4-6 އިން ސެޓުތައް ކާމިޔާބުކޮށްގެންނެވެ. ކުރިން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ މި މުބާރާތް ކާމިޔާބުކޮށްފިނަމަ ވެގެންދާނީ އޭނާ ކާމިޔާބުކުރާ 24 ވަނަ ގްރޭންޑް ސްލޭމް ޓައިޓަލްއަށެވެ. މީގެކުރިން 24 ގްރޭންޑް ސްލޭމް ސިންގަލްސް ޓައިޓަލް ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ އޮސްޓްރޭލިޔާގެ މާގްރެޓް ކޯޓްއެވެ. އެހެންކަމުން މި މުބާރާތް ކާމިޔާބުކޮށް މާގްރެޓްގެ ރެކޯޑާ ހަމަކުރުމަކީ ސެރީނާ ވަރަށް ބޭނުންވާނެ ކަމެކެވެ. މީގެއިތުރުން، ސެރީނާ މިމުބާރާތް ކާމިޔާބުކޮށްފިނަމަ ވެގެންދާނީ ނިމިގެންދިޔަ ސެޕްޓެމްބަރު މަހު ދަރިޔަކު ލިބުނުފަހުން އޭނާއަށް ލިބޭނެ ފުރަތަމަ ތަށްޓަށެވެ.

Advertisement

ސެރީނާ ވިލިއަމްސް

ރޭ ކުޅެވުނު ދެވަނަ ސެމީގައި، އޭންޖެލިކް ކާބަރ ވަނީ ފަސޭހަކަމާއެކު ލެޓްވިއާގެ ޔެލީނާ އޮސްޓަޕެންކޯ އާއި ވާދަކޮށް 3-6، 3-6 އިން ސެޓުތައް ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ. 2016 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލުގައި ސެރީނާ ވިލިއަމްސް އަތުން ބަލިވި ބަލިވުމުގެ ބަދަލުހިފަން މިއީ އޭންޖެލިކްއަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ. 2016 ވަނަ އަހަރު އޭންޖެލިކް ވަނީ ފައިނަލުގައި 5-7 އަދި 3-6 އިން ބަލިވެފައެވެ. ސެރީނާވަނީ މީގެކުރިން 7 ފަހަރު ވިމްބަލްޑަން ކާމިޔާބުކޮށްފައެވެ.

އޭންޖެލިކް ކާބަރ

މި މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހު 18:00 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *