ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު 55 ރަށް

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު 55 ރަށް

ޢަލީ ޝަހީމް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު 55 ރަށަކުން ބައިވެރި ވެއްޖެ އެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ. މިފަހަރުގެ މުބާރާތުގައި އެއް އަތޮޅަކުން އެންމެ ގިނައިން ބައިވެރި ވެފައިވަނީ ހދ އަތޮޅުންނެވެ. އެ އަތޮޅުގެ 7 ރަށަކުން މިފަހަރުގެ މުބާރާތުގައި ބައިވެރި ވެފައިވެއެވެ. މުބާރާތުގައި ވާދަނުކުރާ ހަމައެކަނި ދެ އަތޮޅަކީ ވ އަދި ޅ އަތޮޅެވެ.

Advertisement

މިފަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާފަންނު މިނީ ގްރައުންޑް ގައެވެ. މުބާރާތް ކުރިއަށް ދާނީ މިމަހުގެ 16 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފުރަތަމަ ކުޅޭނީ އަތޮޅު އަދި ޒޯން ބުރެވެ. އަތޮޅު ޗެމްޕިއަން ޓީމު ޒޯން މުބާރާތަށް ކޮލިފައިވާއިރު ޒޯން ޗެމްޕިއަނުން ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 65 ހާސް ރުފިޔާ ކަނޑައަޅާފައި ވާއިރު ދެވަނަ ޓީމަށް 25 ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މިއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މި މުބާރާތް ބާއްވާ ހަތަރު ވަނަ އަހަރެވެ. 2015 އަހަރު މި މުބާރާތް ބ. ހިތާދޫ ކާމިޔާބު ކުރިއިރު 2016 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ ތ. ތިމަރަފުއްޓެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *