އިންގްލެންޑް ރޮއްވާލުމަށްފަހު ކްރޮއޭޝިޔާ ފައިނަލަށް

Advertisement

އިންގްލެންޑް ރޮއްވާލުމަށްފަހު ކްރޮއޭޝިޔާ ފައިނަލަށް

ޢަލީ ޝަހީމް

ވޯލްޑް ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިންގްލެންޑް 1-2 އިން ބަލިކޮށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލުން ކްރޮއޭޝިޔާ ޖާގަ ހޯދައިފިއެވެ. މިރޭގެ މެޗުން ބަލިވުމުން 52 އަހަރު ފަހުން ފައިނަލަށް ދިއުމުގެ ރަނުގެ ފުރުޞަތު އިންގްލެންޑަށް ވަނީ ގެއްލިފައެވެ.

މިރޭގެ މެޗަށް ވެސް އިންގްލެންޑް ޓީމުން ނެރެފައިވަނީ އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންނެވެ. ސެމީ ފައިނަލުގައި މީގެ ކުރިން ދެފަހަރަކު އިންގްލެންޑް ވަނީ ކުޅެފައެވެ. 1966 ވަނަ އަހަރުގެ ސެމީގައި އެޓީމު ވަނީ 1-2 އިން ޕޯޗުގަލް ބަލިކޮށްފައެވެ. އެ އަހަރު އިންގްލެންޑް ވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދާފައެވެ. އޭގެ ފަހުން ސެމީ ފައިނަލުގައި އެޓީމުން ކުޅުނީ 1990 ވަނަ އަހަރު އެވެ. އެފަހަރު ކެޓީ ޕެނަލްޓީ ޖަހައިގެން ޖާމަނީ އަތުން ބަލިވެގެންނެވެ. މިރޭގެ މެޗަކީ ކޮރޮއޭޝިޔާ ވޯލްޑް ކަޕްގައި ކުޅުނު ދެވަނަ ސެމީ ފައިނަލެވެ. އެޓީމު ވަނީ 1998 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވެފައެވެ.

މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހާ ލީޑުނަގާފައެވެ. އެޓީމުގެ ޑެލެ އަލީއަށް ލޫކަ މޮޑްރިޗް ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުން ކިއެރަން ޓްރިޕިއަރ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ ކްރޮއޭޝިޔާ ޓީމުގެ ކުޅުންތެރިންގެ ބޯ މަތިންނެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން ހިލޭ ޖެހުމަކުން ވޯލްޑް ކަޕްގައި އިންގްލެންޑް ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ. 2006 ވަނަ އަހަރު އިކުއެޑޯ ކޮޅަށް ހިލޭ ޖެހުމަކުން ލަނޑު ޖަހައިދިނީ ޑޭވިޑް ބެކަމް އެވެ.

އިންގްލެންޑްގެ ލަނޑަށް ފަހު ކްރޮއޭޝިޔާއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑެއް ޖަހަން ގިނަ މަސައްކަތް ކޮށްފައެވެ. ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުޞަތެއް އެޓީމަށް ލިބިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިންގްލެންޑަށް ލިބުނު ކައުންޓަ އެޓޭކު ތަކުގައި އެޓީމުން ވަނީ ކްރޮއޭޝިޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ދެވަނަ ހާފުގައި ކްރޮއޭޝިޔާއިން ވަނީ މޮޅަށް ކުޅެ އިންގްލެންޑުގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގައި އެޓީމަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ 64 ވަނަ މިނެޓުގައި އިވާން ޕެރިސިޗަށެވެ. އޭރިޔާ ތެރޭގައި ހުރެ ޕެރިސިޗް ޖެހި ބާރު ބޯޅަ ބްލޮކް ކުރީ ގޯލު އޭރިޔާ ތެރޭގައި ހުރި ކައިލް ވޯކާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕެރިސިޗް ވަނީ ލިބުނު ފުރުޞަތުގެ ބޭނުން ހިފައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ކްރޮއޭޝިޔާގެ ލަނޑަށް ފަހުވެސް އެޓީމުން ވަނީ އިންގްލެންޑުގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމާ ގާތަށް ގޮސްފައެވެ. ކްރޮއޭޝިޔާއިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވީ އިނގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑެވެ. ކޮރޮއޭޝިޔާގެ ތާރީހީ ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޖެހީ އިވާން ޕެރިސިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މާރިއޯ މަންޒުކިޗް އެވެ.

ފައިނަލުގެ އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8 ޖަހާއިރު ކްރޮއޭޝިޔާ ނުކުންނާނީ ފްރާންސާއި ދެކޮޅަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *