ޓޯރޭސް ޖަޕާން ލީގަށް

Advertisement

ޓޯރޭސް ޖަޕާން ލީގަށް

އަޙްމަދު ޔަޝައު

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފޯވާޑް ފެނާންޑޯ ޓޯރެސް ޖަޕާންގެ ސަގަން ޓޮސޫއަށް ބަދަލުވެއްޖެއެވެ.

ކުރިން އިނގިރޭސިވިލާތުގެ ލިވަޕޫލަށް މޮޅުކުޅުމެއް ދެއްކި ފޯވާޑު ޗެލްސީއަށް ވެސް ކުޅެފައިވެއެވެ. އެހެންނަމަވެސް ޗެލްސީގައި އޭނާގެ އެންމެ އެދެވޭ ކުޅުން ނުދެއްކުނުނަމަވެސް އެޓީމާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު ހޯދާފައެވެ. އޭގެފަހުން އިޓަލީގެ އޭސީ މިލާނާނަށް ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގައި ބަދަލުވެ، ޖެހިގެން އައި ސީޒަނުގައި ދާއިމީ ކޮންޓްރެކްޓް ހަދައި، އަނެއްކާވެސް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުޑައިރުގެ ކުލަބު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވިއެވެ. އަދި 2016 ވަނަ އަހަރު އެއް އަހަރު ދުވަހުގެ ދާއިމީ ކޮންޓްރެކްޓެއްގައި އެތުލެޓިކޯ އާއެކު ސޮއި ކުރިއެވެ. އޭގެފަހުން ފާއިތުވި ތިން ސީޒަންގައި ޓޯރޭސް އެތުލެޓިކޯއާއެކު ކޮންޓްރެކްޓް އާކުރަމުން ދިޔައެވެ.

ފެނާންޑޯ ޓޯރޭސް

ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑް ކަޕާއި ޔޫރޯ ހޯދާފައިވާ އުމުރުން 34 އަހަރުގެ ފޯވާޑު ޖަޕާނުގެ ސަގަން ޓޮސޫއަށް ބަދަލުވީ 18 މަސްދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ޓޯރޭސް ވަނީ އިނގިރޭސި ލީގުގައި އޭނާ ހޭދަކުރި 8 އަހަރުގައި 314 މެޗު ކުޅެ 126 ގޯލު ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ލިވަޕޫލަށް 142 މެޗުން ކާމިޔާބުކޮށްދިން 81 ގޯލު ހިމެނެއެވެ.

ޓޯރޭސް ޖަޕާން ލީގަށް ބަދަލުވިއިރު ދާދިފަހުން ބާސެލޯނާގެ ލެޖެންޑް އަންދްރެސް އިނިއެސްޓާވެސް ވަނީ ޖަޕާން ލީގުގެ ވިސެލް ކޯބް އަށް ބަދަލުވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *