މާރޭޒް ހޯދަން ހުއްޓާނުލާ ކުރި މަސައްކަތް ކާމިޔާބު ކޮށްފި

Advertisement

މާރޭޒް ހޯދަން ހުއްޓާނުލާ ކުރި މަސައްކަތް ކާމިޔާބު ކޮށްފި

އަޙްމަދު ޔަޝައު

ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އަލްޖީރިއާގެ ހުނަރުވެރި ކުޅުންތެރިޔާ ރިޔާދު މާރޭޒް އިނގެރޭސި ޗެމްޕިއަން މެންޗެސްޓާރ ސިޓީއަށް ސޮއިކޮށްފިއެވެ.

އުމުރުން 27 އަހަރުގެ މާރޭޒް ސިޓީއަށް ބަދަލުވީ 60 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާރ ބާޒާރުގައިވެސް މާރޭޒް ހޯދުމަށް ސިޓީއިން މަސައްކަތްކޮށްފައިވެއެވެ. އެފަހަރު މާރޭޒްގެ ފަރާތުން ޓްރާންސްފަރ ރިކުއެސްޓް ހުށަހެޅިނަމަވެސް ލެސްޓާއިން ޑިމާންޑްކުރި 95 މިލިއަން ޕައުންޑް ދިނުމަށް ސިޓީއިން ތައްޔާރަށް ނެތުމުން އެފަހަރު އޭނާ ނުގެނެވުނީއެވެ.

Advertisement

މާރޭޒްއަކީ ގޯލްޖެހުމާއި، ގޯލްޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދިނުމުގައި މިހާރު ޕްރިމިއަރ ލީގުގައި ހުރި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެވެ. ހާއްޞަކޮށް އޭނާގެ ކޮށްޓުމާއި ނެއްޓުމުގެ ހުނަރާމެދު ސުވާލު އުފައްދާނެއް އެއްވެސް މީހަކު ހުންނާނެކަމާމެދު ޝައްކެވެ. މާރޭޒް ހޯދުމަށް ސިޓީއިން ޚަރަދުކުރި އަގަކީ އެކުލަބުގެ ރެކޯޑް ފީއެކެވެ. މީގެކުރިން އެންމެ ބޮޑު އަގަކަށް ސިޓީއަށް ގެނައި ކުޅުންތެރިޔަކީ ސްޕެއިންގެ އެތުލެޓިކް ބިލްބާއަށް ކުޅެމުންއައި ޑިފެންޑަރ އެއިމެރިކް ލަޕޯޓްއެވެ.

ރިޔާދު މާރޭޒް ސިޓީއަށް ބަދަލުވުމަށްފަހު ޖާޒީ ދައްކާލަނީ

2015/16 ސީޒަންގައި ލެސްޓާ ސިޓީއިން ޕްރިމިއަރ ލީގް ހޯދިއިރު އެޓީމުގެ އެންމެ މުޙިއްމު ކުޅުންތެރިޔަކީވެސް މާރޭޒްއެވެ. އަދި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ގެންދިޔައީ އޭނާއެވެ. މާރޭޒްވަނީ ލެސްޓާ ސިޓީއަށް 179 މެޗު ކުޅެ 48 ގޯލް ކާމިޔާބުކޮށްދީފައެވެ. ސިޓީގައި މާރޭޒް ބޭނުންކުރާނީ އޭނާގެ ޙާއްޞަ 26 ނަންބަރު ޖާޒީއެވެ.

ކުރިއަށް އޮށް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއަށް އޮތް ފުރަތަމަ މެޗަކީ ވަރުގަދަ އާސެނަލްއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *