އުރުގުއޭ އަށް މޮޅު ކުޅުމެއް ދެއްކި ޓޮރެއިރާ އާސެނަލަށް

Advertisement

އުރުގުއޭ އަށް މޮޅު ކުޅުމެއް ދެއްކި ޓޮރެއިރާ އާސެނަލަށް

އަޙްމަދު ޔަޝައު

އިޓަލީގެ ސަމްޕްޑޮރިއާ އަށް ކުޅެމުން އަންނަ އުރުގުއޭގެ އުމުރުން 22 އަހަރުގެ ލޫކަސް ޓޮރެއިރާ 26 މިލިއަން ޕައުންޑަށް އިނގެރޭސިވިލާތުގެ އާސެނަލްއަށް ބަދަލުވެއްޖެއެވެ.

އަންނަ ސީޒަނަށް ޓޮރެއިރާ އާސެނަލްއަށް ގުޅޭނެކަމަށް ވަރަށް ގިނަ ނޫސްތަކުން ބުނަމުންދިޔަނަމަވެސް، މިއަދާ ހަމައަށް އެކަން މަޑުޖެހިފައި އޮތީ މިހާރުކުރިއަށްދާ ފީފާ ވޯލްޑްކަޕް ތެރޭގައި އެއްވެސް ކުޅުންތެރިއެއް ޓްރާންސްފާރ ބާޒާރުގައި އެއްވެސް ކްލަބްއަކާއި ވާހަކަ ނުދައްކަން އެޓީމުގެ މެނޭޖްމަންޓުން އަންގާފައި އޮތުމުންނެވެ. އެހެންކަމުން، ކުއާރޓާ ފައިނަލްގައި ފްރާންސް އަތުން ބަލިވި މެޗަށްފަހު ޓޮރެއިރާވަނީ ލަންޑަނަށް ދަތުރުކޮށް މެޑިކަލް ނިންމައި ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. ޓޮރެއިރާ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި އުރުގުއޭ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފަައެވެ.

ޑިފެންސިވް މިޑްފިލްޑަށް ކުޅޭ މި ކުޅުންތެރިޔާ އަކީ ފާއިތުވެދިޔަ ދެ ސީޒަންގައި އިޓަލީގެ ސަމްޕްޑޮރިއާއަށް ޖުލްމަ ފަސްމެޗު ފިޔަވައި ހުރިހާ މެޗެއްގައި ގަވާއިދުން ކުޅެފައިވާ ކުޅުންތެރިއެކެވެ. މެދުތެރޭގައި މަސައްކަތު ރޭޓު ވަރަށް ރަނގަޅުކަމަށް ގިނަބަޔަކު ޤަބޫލުކުރާ ޓޮރެއިރާއަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލްގެ އާކޯޗު އުނެއި އެމެރީ އެޓީމަށް ގެނައި 4 ވަނަ ކުޅުންތެރިޔާއެވެ.

ޔުވެންޓަސްގެ ސްވިޒަލޭންޑު ވެޓެރަން ޑިފެންޑަރ ސްޓެފަން ލީޗްސްޓެއިނާ އާއި، ބޮރޫޝިއާ ޑޯރޓްމަންޑްގެ ގްރީސް ޑިފެންޑަރ ސޮކްރަޓިސް ޕަޕަސްތަތޮޕޫލިސް އާއި ބަޔާން ލެވަކޫސަންގެ ޖަރުމަނު ގޯލްކީޕަރ ބާންޑް ލެނޯ ވަނީ މި ޓްރާންސްފަރ ބާޒާރުގައި އާސެނަލްއާ ގުޅިފައެވެ.

މީގެ އިތުރުން، ފްރާންސްގެ 20 އަހަރުންދަށުގެ ގައުމީޓީމަށް ކުޅޭ މަޓިއޯ ގުއެންޑޫޒީ ވެސް މިއަދުގެ ވަގުތެއްގައި ވަނީ މެޑިކަލް ނިންމައި އާސެނަލްއަށް ގުޅިފައެވެ. ފްރާންސްގެ ޕީ.އެސް.ޖީ ގެ އެކަޑެމީއިން ފުޓުބޯޅަ ކެރިއަރފެށި ގުއެންޑޫޒީ 2014 ވަނަ އަހަރު ފްރާންސްގެ ދެވަނަ ޑިވިޝަން ކްލަބެއްކަމަށްވާ ލޮރިއެންޓަށް ބަދަލުވެ އުރުމުން 17 އަހަރުގައި އެޓީމުގެ ފުރަތަމަ އެގާރާއިގައި ހިމެނި މޮޅުކުޅުމެއްވަނީ ދައްކާފައެވެ.

މަޓިއޯ ގުއެންޑޫޒީ

ގުއެންޑޫޒީ އާސެނަލްގައި ބޭނުންކުރާނީ 29 ނަންބަރު ޖާޒީއެވެ. އަދި ޓޮރެއިރާ ބޭނުންކުރާނީ 11 ނަންބަރު ޖާޒީއެވެ. މިދިޔަ ސީޒަންގައި އާސެނަލްގެ 11 ނަންބަރު ޖާޒީ ބޭނުންކުރި ޖަރުމަނުގެ ޕްލޭމޭކަރ މެސުތް އޮޒިލް އަންނަ ސީޒަންގައި ބޭނުންކުރާނީ އާސެނަލްގެ ކޮންޓްރެކްޓް ހަމަވެ ދާދިފަހުން ވެސްޓްހޭމް ޔުނައިޓެޑްއާ ގުޅުނު ޖެކް ވިލްޝެއާރގެ 10 ނަންބަރު ޖާޒީއެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *