ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެއްޖެ

Advertisement

ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެއްޖެ

ޢަލީ ޝަހީމް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ. ރޮނާލްޑޯ ޔުވެންޓަސް އާ ގުޅުމުގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާއިރު ކުރިއަށް އޮތް ދެތިން ގަޑިއިރު ތެރޭ ރަސްމީކޮށް ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.  ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެފައި މިވަނީ ރެއާލް ދޫކޮށްލާނެ ކަމަށް ބުނެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ.

ރެއާލް މެޑްރިޑްގައި 10 އަހަރު ހޭދަކުރުމަށްފަހު އުމުރުން 33 އަހަރުގައި ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވާނީ އެ ކްލަބުގެ ތާރީހުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ޔުވެންޓަސް އިން އެންމެ އަގުބޮޑުކޮށް މިހާތަނަށް ސޮއި ހޯދާފައިވަނީ 75 މިލިއަން ޕައުންޑަށް އާޖެންޓީނާގެ ފޯވާޑް ގޮންޒާލޭ ހިގުއައިން ގެއެވެ. ރިޕޯޓުތައް ބުނާގޮތުން ޔުވެންޓަސް އިން ރޮނާލްޑޯ  ގެންދަން އެއްބަސް ވީ 88 މިލިއަން ޕައުންޑަށެވެ.

Advertisement

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވީ އޭރު އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2009 ވަނަ އަހަރު އެވެ. 80 މިލިއަން ޕައުންޑަށް ރެއާލް އަށް ބަދަލުވެ ހޭދަކުރި 10 އަހަރު އޭނާވަނީ 451 ލަނޑު އެ ކްލަބަށް ކާމިޔާބު ކޮށްދީފައެވެ. ރޮނާލްޑޯ އަކީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އެޓީމަށް ޖެހިޖެހި ތިން ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިނުމުގައިވެސް ރޮނާލްޑޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު  ހޯދާފައިވާއިރު، ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުމުން ރެއާލް އިން ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރާނެ ކުޅުންތެރިއަކީ ފްރާންސްގެ ޕީ.އެސް.ޖީ އަށް ކުޅޭ ނޭމާ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *