ކޮންމެ އަތޮޅެއްގައި ފުޓްބޯޅަ ސްޓޭޑިއަމެއް

Advertisement

ކޮންމެ އަތޮޅެއްގައި ފުޓްބޯޅަ ސްޓޭޑިއަމެއް

ޢަބްދުﷲ އަޝްރަފް

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފުޓްބޯޅަ ސްޓޭޑިއަމަކާއި އިންޑޯ ކުޅިވަރު ސްޓޭޑިއަމެއް ގާއިމްކޮށްދޭގޮތަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އިފްތިތާހްކުރި އެ ޕާޓީގެ މެނިފެސްޓޯ ގައި ކުޅިވަރުގެ ދާއިރާއިން ހިމަނާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ގައުމީ މުބާރާތްތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭގޮތަށް ތަޢާރަފް ކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި، ކުޅިވަރު އެސޯސިއޭޝަންތައް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުން އަމާޒެއް ކަމުގައި މެނިފެސްޓޯ ގައި ކަނޑައަޅައިފައިވެއެވެ.

Advertisement

އެމްޑީޕީން އެކުލަވާލައިފައިވާ މިފަހަރުގެ މެނިފެސްޓޯގައި ކޮންމެ ރަށަކަށް ނިސްބަތްވާ ޓީމެއް އެކުލެވޭ ގައުމީ ފުޓްބޯޅަ ލީގެއް އުފައްދައި ހޯމް އެންޑް އަވޭ އުސޫލުން މެޗްތައް ކުޅޭ ގޮތަށް ތާވަލްކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން މިހާރުވެސް މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދެއެވެ. އެކަމަކު މި މުބާރާތުގައި ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދަނީ ހަމަ އެކަނި އަތޮޅު ބުރުގެ މެޗްތަކެވެ.

މި މެނިފެސްޓޯގައި އެންމެ އިސްކަންދޭނެ އެއް ކުޅިވަރެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މޫދު ކުޅިވަރުތަކެވެ. މިގޮތުން އެކި އުމުރު ފުރައިގެ ކުދިންނަށް މޫދު ކުޅިވަރާއި ގުޅޭ ތަމްރީންތައް ދީ މޫދު ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަން ރަނގަޅު މަންޒިލެއްގެ ގޮތުގައި ބޭރު ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރެވޭނެކަމަށް މެނިފެސްޓޯގައި ބަޔާންކޮށްފައިވެއެވެ.ކޮ

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު