މެސީ މޮޅަސް ރޮނާލްޑޯގެ ވިސްނުން މާ ރަނގަޅު: ރައީސް

Advertisement

މެސީ މޮޅަސް ރޮނާލްޑޯގެ ވިސްނުން މާ ރަނގަޅު: ރައީސް

ޢަލީ ޝަހީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރުގެ ފަހުކޮޅު އޮތް 90 ޕްލަސް ގޯލްޑް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އަކީ އާޖެންޓީނާގެ ލިއޮނެލް މެސީ ކަމަށާއި، އެކަމަކު ވިސްނުމަށް ބަލާއިރު ޕޯޗުގަލްގެ ކްރިސްޓިއާނޯ މާ ރަނގަޅު ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތާރީހު ދުން އެންމެ ވާދަވެރި ދެ ކުޅުންތެރިންގެ ބަހުސް ރައީސްއާ ހަމައަށް ގެންދިޔައީ ސޯޝަލް މީޑިއާގެ އެކައުންޓް “ދެނޯ” އިން ގެނެސްދިން “ސްޕޮޓް އޮން” ޕޮޑްކާސްޓުގަ އެވެ.

އެކި ދާއިރާތަކުން ރައީސް މުހައްމަދު މުއިއްޒު އަށް ޕޮޑްކާސްޓުގެ ހޯސްޓް ކުރި ސުވާލުތަކުގެ ތެރެއިން، މެސީ އާއި ރޮނާލްޑޯއާ ގުޅުވައިގެން ސުވާލު އައީ “ގޯޓް” އަކީ ކޮބައިތޯ ކުރި ސުވާލާ ހަމައިންނެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ “ޝައްކެއްވެސް ނެތްގޮތުގައި ގޯޓަކީ މެސީ” ކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ އެމަނިކުފާނު ސަޕޯޓްކުރައްވަނީ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކަމަށެވެ. އަދި ކުރިން ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކައި ދުނިޔޭގެ ތަރިއަކަށްވި ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

“އައި ރިއަލީ ލައިކް ހިމް އަ ލޮޓް. ހަމަ ވަރަށް މޮޅު ޕްލެޔާއެއް” ރޮނާލްޑޯގެ މޮޅުކަން ހާމަކުރަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު އެހިސާބުން ނުނިންމަވަ އެވެ. ގޯޓަކީ މެސީ ކަމަށް ރައީސް ގަބޫލުކުރެއްވިޔަސް، ރައީސް ދެން ވިދާޅުވީ ރޮނާލްޑޯގެ މޮޅުކަން ހާއްސަވާ ސަބަބެވެ. އެގޮތުން ރައިސް ވިދާޅުވީ ރޮނާލްޑޯގެ އައިޑިއޮލޮޖީ ނުވަތަ ވިސްނުން މާބޮޑަށް ވެސް ރަނގަޅު ކަމަށެވެ.

“އައިޑިއޮލޮޖީ / ވިސްނުންވެސް މާބޮޑަށް ރަނގަޅު. މާބޮޑުތަނުންވެސް. އޭނަ ގަބޫލުކުރާ ގަބޫލުކުރުންތައްވެސް މާ ރަނގަޅު. އެކަމު ޓެކްނިކަލީ ފުޓްބޯލިން ވައިސް މެސީ” އިއްޔެއިން ފެށިގެން ވައިރަލް ވަމުން އަންނަ ވީޑިއޯ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވި އެވެ.

މިދިޔަ 20 ވަރަކަށް އަހަރަށް ބަލާއިރު ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ވާދަވެރި ދެކުޅުންތެރިންނަކީ މެސީ އާއި ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަށް ވުރެ މެސީ ބެލޮންޑިއޯ އެވޯޑް ގިނަ އެވެ. އަނެއްކޮޅުން ރޮނާލްޑޯ އަށް އަދި ނުލިބި އޮތް ވޯލްޑް ކަޕް ވެސް މެސީ ވަނީ ހޯދައިފަ އެވެ. އެކަމަކު ގޯލު ޖެހުމުގެ ރޭޓަށް ބަލާއިރު ރޮނާލްޑޯ އުޅެނީ ކުރީގަ އެވެ. އަދި، ޔޫރަޕްގެ އެކި ލީގުތަކުގައި ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބިތައް ވެސް މެސީ އަށް ވުރެ ގިނަ އެވެ.

އެ ހުރިހާ ސަބަބަކާ އެކު ދެކުޅުންތެރިންގެ ސަޕޯޓަރުންގެ ދެމެދުގައި އޮންނަ ބަހުސަށް އަދިވެސް ނިމުމެއް ނާދެ އެވެ. ރައީސްގެ މި ވާހަކަފުޅާއެކު އަނެއްކާވެސް މިއޮތީ ބަހުސްގެ އާ މަރުހަލާއެއް ފެށިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *