ޔުނައިޓެޑްގެ ނުހިކޭ ފާރުގަނޑުގައި، ޕެލަސް އިން ލޮނުމިރުސް އަޅައިފި

Advertisement

ޔުނައިޓެޑްގެ ނުހިކޭ ފާރުގަނޑުގައި، ޕެލަސް އިން ލޮނުމިރުސް އަޅައިފި

ފަހުމިނެޓް
ޕެލަސް އަތުން ބަލިވި ޔުނައިޓެޑް ޓީމުގެ ކުޅުންތެރިން. އެޓީމު އޮތީ ދަށް ފޯމެއްގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަނެއްކާވެސް މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

މިފަހަރު އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 2-0 އިންނެވެ.

ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފަ އެވެ. އަނެއްކޮޅުން ޕެލަސް އިން ރޭ ހޯދި މޮޅަކީ، މިދިޔަ ހަ ސީޒަނުގައި ޔުނައިޓެޑްގެ ދަނޑުގައި އެޓީމުން މޮޅުވި ހަތަރު ވަނަ މެޗެވެ.

ޔުނައިޓެޑްގެ ފޯމު ދަށްވެ ޓީމު އެއްކޮށް އަޑިއަޅާލާފައިވާއިރު އެޓީމު އޮތީ ލީގުގެ 13 ވަނައިގަ އެވެ. ކުޅުނު 24 މެޗުން އަދި ލިބިފައިވަނީ 29 ޕޮއިންޓެވެ.

ރޭގެ މެޗުގައި ޕެލަސްގެ ދެ ގޯލު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. އެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖިއާން ފިލިޕޭ މަޓޭޓާ އެވެ. ޕެލަސް ވަނީ މޮޅާ އެކު 12 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ބަލިވުމުގެ އިތުރުން ރޭ ޔުނައިޓެޑްގެ އެންމެ މުހިއްމު ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އަށް ވަނީ އަނިޔާވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު ރުބެން އެމޯރިމް މެޗަށް ފަހު ބުނީ މާޓިނޭޒްގެ އަނިޔާ ސީރިއަސް ކަމަށެވެ.

ދަށް ފޯމުގައި އޮތް ޓޮޓެންހަމް ރޭ ވަނީ ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 2-0 އިން މޮޅުވެފަ އެވެ. އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ 1-5 އިން ބަލިކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *