އާސެނަލްގެ އިންތިޒާރަށް ނިމުމެއް ނައި، ސިޓީ އިން ހެވިލާފަ ތަށި ނަގައިފި

Advertisement

އާސެނަލްގެ އިންތިޒާރަށް ނިމުމެއް ނައި، ސިޓީ އިން ހެވިލާފަ ތަށި ނަގައިފި

ފަހުމިނެޓް

ފަހު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް 1-3 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މެންޗެސްޓާ ސިޓީ އިން ހޯދައިފި އެވެ.

ލީގު ހޯދަން ސިޓީއާ އެންމެ ގާތުން ވާދަކުރީ އާސެނަލް އެވެ. އާސެނަލް ވަނީ މިރޭ ފަހު މެޗުގައި 1-2 އިން އެވަޓަން ބަލިކޮށްފަ އެވެ.

Advertisement

ސިޓީ ލީގުގެ އެއްވަނަ ހޯދީ 91 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލަށް ލިބުނީ 89 ޕޮއިންޓެވެ.

ސިޓީ ވެފައިވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ފަހަރު ހޯދި ހަމައެކަނި ޓީމެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު ސިޓީގެ ދެ ގޯލު ވެސް ޖެހީ ފިލް ފޯޑެން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމް އަށް ގޯލު ޖަހައިދިނީ މުހައްމަދު ކުޑޫސް އެވެ.

ދެ ވަނަ ހާފުގައި ސިޓީގެ ގޯލު ޖެހީ ރޮޑްރީ އެވެ.

އާސެނަލް އިން އެވަޓަން ބަލިކުރި މެޗުގެ ފުރަތަމަ ގޯލު ޖެހީ ޓަކެހީރޯ ޓޮމިޔާސޫ އެވެ. އެޓީމު މޮޅުވި ގޯލު މެޗުގެ ފަހުކޮޅު ޖެހީ ކައި ހަވާޓްޒް އެވެ.

މިއީ ސިޓީ އިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި 10 ވަނަ ފަހަރެވެ. ހަތް އަހަރުތެރޭ ސިޓީ އިން ވަނީ ހަ ފަހަރު ލީގު ނަގައިފަ އެވެ. އެ ހުރިހާ ތައްޓެއް އެޓީމުން ހޯދީ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގަ އެވެ.

އާސެނަލަށް އެންމެ ފަހުން ލީގު ލިބުނީ 2004 ވަނަ އަހަރު އެވެ. ޕްރިމިއާ ލީގު ނުލިބި މިހާރު އެޓީމު ވަނީ 20 އަހަރު ހޭދަކޮށްފަ އެވެ. އެކަމަކު މި ދެ އަހަރު ސިޓީއާ އެންމެ ގާތުން ތައްޓަށް ވާދަކުރީ އާސެނަލް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *