މަގޫދޫ އެލް4 ކަޕް: ސެމީގެ ޖާގަތައް ޔަގީންވެ ވާދަވެރިކަން މިރޭ

Advertisement

މަގޫދޫ އެލް4 ކަޕް: ސެމީގެ ޖާގަތައް ޔަގީންވެ ވާދަވެރިކަން މިރޭ

ފަހުމިނެޓް
މަގޫދޫ އެލް4 ކަޕްގެ ތެރެއިން. ފޮޓޯ: މަގޫދޫ ޒުވާނުންގެ ކްލަބް

ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެލް4 ކަޕް ސެމީ ފައިނަލުގެ ޖާގަތައް ރޭ ޔަގީންވެ، އެ ވާދަވެރި މެޗުތައް މިރޭ ކުޅޭނެ އެވެ.

މުބާރާތުގައި ރޭ ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެފަ އެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ގަޓް ސިޓީ ވަނީ 3-5 އިން އޭއެމްޑީ އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު ސީއެސް ސްޕޯޓްސް އާއި އޭކްސް ސްޕޯޓްސް ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

Advertisement

ރޭ 10 ޖެހިއިރު ކުޅުނު މެޗުގައި ޕަވަރ އެޓޭކް ވަނީ ބީސީ ސްޕޯޓްސް އަތުން 1-4 އިން ބަލިވެފަ އެވެ. ރޭގެ ފަހު މެޗުގައި ފަވްޒް ސްޕޯޓްސް އިން ވަނީ 2-6 އިން ބީސީ 2030 ބަލިކޮށްފަ އެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް ބީސީ ސްޕޯޓްސް އޮތީ ސެމީ ފައިނަލް ޔަގީންކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުން މޮޅުވެ އެޓީމު 12 ޕޮއިންޓް ހޯދި އެވެ. އެ ގްރޫޕުގެ ދެ ވަނަ ލިބުނު ޕަވަރ އެޓޭކާއި ތިން ވަނަ ލިބުނު އޭއެމްޑީ ނިންމާލީ 7 ޕޮއިންޓުގަ އެވެ. ގޯލުގެ ތަފާތުން ސެމީގެ ޖާގަ ކަށަވަރުވީ ޕަވަރ އެޓޭކަށެވެ.  އޭއެމްޑީގެ އިތުރުން ސެމީ އަށް ނުގޮސް ކެޓީ 3 ޕޮއިންޓް ލިބުނު ގަޓް ސިޓީ އާއި ހަތަރު މެޗުން ވެސް ބަލިވެ ގްރޫޕުގެ ފުލަށް ދިޔަ ފަވްޒް ނިއު ޖެނެރޭޝަން އެވެ.

މަގޫދޫ އެލް4 ކަޕްގެ ތެރެއިން. ފޮޓޯ: މަގޫދޫ ޒުވާނުންގެ ކްލަބް

އަނެއް ގްރޫޕުން ސެމީގެ ޖާގަތައް ހޯދީ ފަވްޒް ސްޕޯޓްސް ކްލަބާއި ސީއެސް ސްޕޯޓްސް އެވެ. ފަވްޒް ސްޕޯޓްސް އަށް ގްރޫޕުގެ އެއް ވަނަ ލިބުނީ 9 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ސީއެސް ސްޕޯޓްސް ދިޔައީ 8 ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕުން ކެޓީ އޭކްސް ސްޕޯޓްސް އާއި ޒަލްޒަލާ އަދި ބީސީ 2030 އެވެ. އޭކްސް ސްޕޯޓްސް އަށް 7 ޕޮއިންޓް ލިބުނުއިރު ޒަލްޒަލާ އަށް ލިބުނީ 4 ޕޮއިންޓެވެ. ފުލަށް ދިޔަ ބީސީ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް ސްޓޭޖް ނިމުނުއިރު ލަނޑު ލިސްޓުގެ އެއް ވަނައިގައި އުޅެނީ ބީސީ ސްޕޯޓްސްގެ މުޒްދާން އެވެ. މުޒްދާން 9 ގޯލު މިހާތަނަށް ޖަހާފައިވާއިރު ދެ ވަނައިގައި އޮތީ 6 ގޯލު ޖަހާފައިވާ ޕަވަރ އެޓޭކްގެ ލޫތު އާއި އޭއެމްޑީގެ ސިމާހު އެވެ.

ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފަވްޒް ސްޕޯޓްސް ކްލަބާއި ބީސީ ސްޕޯޓްސް ކްލަބެވެ. އެ މެޗު ފަށާނީ މިރޭ 8:50 ގަ އެވެ. ބީސީ ސްޕޯޓްސް އަކީ މުބާރާތް އެންމެ ފަހުން ދެ އަހަރު ވެސް ކާމިޔާބުކުރި ޓީމެވެ.

ދެވަނަ ސެމީގައި ވާދަކުރާނީ ޕަވަރ އެޓޭކާއި ސީއެސް ސްޕޯޓްސް އެވެ. އެ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ރެ އެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *