މިލަންދޫ ފުޓްސަލް ފައިނަލުގައި ސިކްސްޕެކް އާއި ވޮލްކޯ ޔުނައިޓެޑް

Advertisement

މިލަންދޫ ފުޓްސަލް ފައިނަލުގައި ސިކްސްޕެކް އާއި ވޮލްކޯ ޔުނައިޓެޑް

ފަހުމިނެޓް

ށ. މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ފުޓްސަލް ކަޕް ފައިނަލުގެ ޖާގަތައް ސިކްސްޕެކް ސްޕޯޓްސް ކްލަބާއި ވޮލްކޯ ޔުނައިޓެޑް ހޯދައިފި އެވެ.

ސިކްސްޕެކް ފައިނަލުގެ ޖާގަ ހޯދީ ރޭ ކުޅުނު ފުރަތަމަ ސެމީގައި ވަރުގަދަ އީގަލްސް 5-4 އިން ބަލިކޮށްގެންނެވެ. މެޗުގައި ސިކްސްޕެކްގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ޝާއްޕެގެ އިތުރުން ސާމިން މުހައްމަދު ވެސް ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ އާދަމް ނާޒިހު އެވެ.

Advertisement

ދެ ވަނަ ސެމީގައި ވޮލްކޯ ޔުނައިޓެޑް ވަނީ 3-6 އިން ލިންކް ސްޕޯޓްސް ބަލިކޮށްފަ އެވެ. މެޗުގައި ވޮލްކޯގެ އަހުމަދު ބައްސާމް (ބައްކު) ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. މިފަހަރުގެ މުބާރާތުގައި ބައްކު އަންނަނީ މެޗަކަށް ފަހު މެޗެއްގައި މޮޅު ކުޅުން ތަކުރާރު ކުރަމުންނެވެ.

ބައްކުގެ އިތުރުން އެޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އާއި މުހައްމަދު ނާއިލް އަދި މުހައްމަދު މިފްޒާލް އެވެ.

ސެމީގައި ކެޓި އީގަލްސް ޓީމާއި ލިންކް ސްޕޯޓްސްގައި ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ހިމެނުނެވެ. އީގަލްސް ޓީމުގައި ގާފަރު ޓީމުގެ އިބްރާހީމް ރިމާހު (ރިމޭ) ހިމެނުނުއިރު ލިންކް ސްޕޯޓްސްގައި މުހައްމަދު އައްޒާމު އާއި އީރާނުގެ އަލީ ހޮދަދާދީ ހިމެނުނެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމާ ބައްކު ހަވާލުވަނީ. ބައްކު އަންނަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ރޭގެ ސެމީ ފައިނަލް މެޗުތައް ބެލުމަށް މިލަންދޫގެ ކުދިބޮޑު އެންމެންހެން ވަނީ ދަނޑަށް ގޮސްފަ އެވެ. ސަޕޯޓަރުންގެ ފޯރިއާ އެކު ދެ މެޗު ވެސް ދިޔައީ ޝައުގުވެރިކޮށެވެ.

ވޮލްކޯ އާއި ސިކްސްޕެކް ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ރެ އެވެ. އެ ދެ ޓީމު ވަނީ މިއަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗުން މޮޅުވީ ވޮލްކޯ ޔުނައިޓެޑެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *