މިލަންދޫ ހޭންޑްބޯލް: ޑެޒްލިން ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޑްރިބްލް އަށް

Advertisement

މިލަންދޫ ހޭންޑްބޯލް: ޑެޒްލިން ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޑްރިބްލް އަށް

ފަހުމިނެޓް
އިއްޔެ ޑްރިބްލް މޮޅުވި މެޗުގެ ތެރެއިން. ފައިނަލް އޮންނާނީ މާދަމާ. ފޮޓޯީ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

މިލަންދޫގައި މިހާރު ކުރިއަށްދާ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޑްރިބްލް ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑްރިބްލް ވަނީ 6-14 އިން ޑެޒްލިން ބަލިކޮށްފަ އެވެ. އެ މޮޅާ އެކު ޑްރިބްލް ފައިނަލަށް ދަތުރުކުރީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ލޭޑީބަގްސް އެވެ. އިއްޔެ އެޓީމު ވަނީ ރެޑް ބީޓްލްސްއާ ވާދަކޮށް 18-2 އިން މޮޅުވެފަ އެވެ. ތިން ވަނަ ޑެޒްލިން އަށް ލިބުނުއިރު ފުލަށް ދިޔަ ރެޑް ބީޓްލްސް އަށް މޮޅެއް ލިބިފައެއްނުވެ އެވެ.

އިއްޔެގެ މެޗުގައި ޑްރިބްލް ޓީމުގެ އާއިޝަތު ޝާއިނާ ވަނީ 9 ގޯލު ޖަހައިފަ އެވެ. މުބާރާތުގައި ޝާއިނާ އަންނަނީ ޑްރިބްލް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެސް އޭނާ އެވެ.

ޑްރިބްލް ޓީމަށް ދެން ގޯލު ޖަހައިދިނީ ފާތިމަތު މައިސާ އާއި އާމިނަތު ނުމާ އަދި އާއިޝަތު ހާސިމާ އެވެ. ނުމާ އާއި މައިސާ ދެ ގޯލު ޖެހި އެވެ.

އިއްޔެ ރެޑްބީޓްލްސްއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތްއިރު ވެސް ލޭޑީބަގްސް އޮތީ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. ބޮޑު ތަފާތަކުން އެޓީމު ކާމިޔާބުކުރި މެޗުގައި އާމިނަތު ރިޝްތާ ވަނީ 12 ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އެޓީމުގެ ބާކީ ގޯލުތައް ޖެހީ ފާތިމަތު ފައިހާ އެވެ. އެ ދެކުޅުންތެރިން އަންނަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހަމުންނެވެ.

މިލަންދޫ ހޭންޑްބޯލް މުބާރާތުގެ ތެރެއިން. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *