މިލަންދޫ ފުޓްސަލް: ބޮޑު މޮޅަކާއެކު ސެމީގެ ފަހު ޖާގަ ސިކްސްޕެކް އަށް

ށ. މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ސިކްސްޕެކް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުގައި ސިކްސްޕެކް އިން ވަނީ ތޮޅި އެފްސީ 0-11 ގެ ބޮޑު ތަފާތަކުން ބަލިކޮށްފަ އެވެ. މެޗުގައި ސިކްސްޕެކްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ސާމިން މުހައްމަދު އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އާދަމް ނާޒިހު އަދި އިބްރާހީމް ސިވާޒް އެވެ. މެޗުގައި ޝާއްޕެ ވަނީ 5 ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ދެން ކޮންމެ ކުޅުންތެރިއަކު ޖެހީ 2 ގޯލެވެ.
އެ ގްރޫޕުގައި ހިމެނޭ ވޮލްކޯ ޔުނައިޓެޑް ރޭ ވަނީ ކަލާފާނު 2-11 އިން ބަލިކޮށްފަ އެވެ. މެޗަށް ނުކުތްއިރު ވެސް ވޮލްކޯ އޮތީ ސެމީ އަށް ހޮވިފަ އެވެ. މެޗުގައި ވޮލްކޯގެ އަހުމަދު ބައްސާމް (ބައްކު) 8 ގޯލު ޖެހި އެވެ. ހުސައިން ޝަރީފް (އޮންލީ) ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ މުހައްމަދު މިފްޒާލް އެވެ.
މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބައްކު ވަނީ ރޭގެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.
ގްރޫޕުގެ އެއް ވަނަ ލިބުނީ 9 ޕޮއިންޓާ އެކު ވޮލްކޯ އަށެވެ. ދެ ވަނަ 6 ޕޮއިންޓާ އެކު ސިކްސްޕެކް އަށް ލިބުނުއިރު 3 ޕޮއިންޓް ލިބުނު ތޮޅި އެފްސީ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެ ގްރޫޕުގެ ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ކަލާފާނު އެފްސީ އެވެ.
އަނެއް ގްރޫޕުގައި ރޭ އީގަލްސް އާއި ލިކްސް ސްޕޯޓްސް ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗަށް ނުކުތްއިރު ވެސް އެ ގްރޫޕުން ސެމީގެ ޖާގަ ދެޓީމަށް ވަނީ ކަށަވަރުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލިންކް ސްޕޯޓްސްގެ އީރާން ކުޅުންތެރިޔާ އަލީ ހޮދަދާދީ އެވެ.
އެ ގްރޫޕުގައި ރޭ ޑީސްއެކިއު ވަނީ 2-10 އިން ޔަންގްސްޓާސް ބަލިކޮށްފަ އެވެ. މެޗުގައި ޑީއެސްކިއު ޓީމުގެ އިބްރާހީމް ޝައުފް ވަނީ 6 ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އެޓީމުގެ މުހައްމަދު ނިޒާހް ދެ ގޯލު ޖެހިއިރު ދެން ގޯލު ޖެހީ މުހައްމަދު އަފްނާން އާއި އަހުމަދު އަރާސް އެވެ.
ގޯލުގެ ތަފާތުން އެ ގްރޫޕުގެ އެއް ވަނަ ލިބުނީ އީގަލްސް އަށެވެ. ދެ ވަނަ ލިބުނީ ލިންކް ސްޕޯޓްސް އަށެވެ. އެ ދެޓީމަށް ވެސް ލިބުނީ 7 ޕޮއިންޓެވެ. ގްރޫޕުގެ ތިން ވަނަ 3 ޕޮއިންޓާ އެކު ޑީއެސްކިއު އަށް ލިބުނުއިރު ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ޔަންގްސްޓާސް އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ ރެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 8:30 ގައި ވާދަކުރާނީ އީގަލްސް އާއި ސިކްސްޕެކް އެވެ. އަނެއް ސެމީގައި ވޮލްކޯ ޔުނައިޓެޑާއި ލިންކް ސްޕޯޓްސް ވާދަކުރާ މެޗު ފަށާނީ 9:30 ގަ އެވެ. ސެމީއާ ހިސާބުން މެޗުތައް ކުޅެނީ ގަޑި ހުއްޓައިގެންނެވެ.
މިލަންދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި މިއަހަރު މަޝްހޫރު ގިނަ ތަރިން ކުޅެ އެވެ. މިއަހަރު މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
Advertisement

Leave a Reply

އީގަލްސް އާ ލިންކް މެޗުގެ މޭން އޮފް ދަ މެޗް ލިބުނީ ރިމޭ އަށް.
ޑީއެސްކިޔު އާ ޔަންގްސްޓާސް މެޗުގެ މޭން އޮފް ދަ މެޗް ލިބުނީ ނިޒާހުއަށް އަށް.
ރަނގަޅުކޮށްލާ ????????????