މިލަންދޫ ހޭންޑްބޯލް: ފައިނަލުގެ ފުރަތަމަ ޖާގަ ލޭޑީބަގްސް އަށް

Advertisement

މިލަންދޫ ހޭންޑްބޯލް: ފައިނަލުގެ ފުރަތަމަ ޖާގަ ލޭޑީބަގްސް އަށް

ފަހުމިނެޓް
މިލަންދޫގައި ކުރިއަށްދާ ހޭންޑްބޯލް މުބާރާތުގެ މެޗެއްގެ ތެރެއިން. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ށ. މިލަންދޫގައި މިހާރު ކުރިއަށް ހޭންޑްބޯލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލޭޑީބަގްސް ޓީމުން ހޯދައިފި އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ލޭޑީބަގްސް ވަނީ 3-5 އިން ޑެޒްލިން ބަލިކޮށްފަ އެވެ. މެޗުގައި އާމިނަތު ރިޝްތާ ވަނީ ތިން ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އެޓީމަށް އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ފާތިމަތު ފައިހާ އެވެ.

Advertisement

އިއްޔެ ކުޅުނު އަނެއް މެޗުގައި ޑްރިބްލް ވަނީ ރެޑްބީޓްލްސް 4-27 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި ޑްރިބްލް ޓީމުގެ ފާތިމަތު މައިސާ 12 ގޯލު ޖެހި އެވެ. އާއިޝަތު ޝާއިނާ 11 ގޯލު ޖެހިއިރު ބާކީ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ މަރްޔަމް ތަސްލީމާ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މައިސާ އެވެ.

ހޭންޑްބޯލް މުބާރާތުގެ ތެރެއިން. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ފައިނަލުގެ ޖާގަތައް ލިބޭނީ ލީގު ބުރުގައި އެންމެ ކުރި ހޯދާ ދެ ޓީމަށެވެ. ލޭޑީބަގްސް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެޓީމު އެއް ވަނައިގައި އޮތީ 6 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑްރިބްލް އާއި ތިން ވަނައިގައި އޮތް ޑެޒްލިން އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފުލުގައި އޮތް ރެޑްބީޓްލްސް ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފަ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗެވެ. ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑްރިބްލް އާއި ޑެޒްލިން އެވެ. އެ މެޗު އެއްވަރުވެއްޖެ ނަމަ ފައިނަލުގެ ޖާގަ ލިބޭނީ ޑްރިބްލް އަށެވެ. ޑެޒްލިން އަށް ފައިނަލަށް ދެވޭނީ ޑްރިބްލް ބަލިކޮށްގެންނެވެ. އަނެއް މެޗުގައި މިއަދު ހަވީރު 5 ޖަހާއިރު ކުޅޭނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާ ލޭޑީބަގްސް އާއި ރެޑްބީޓްލްސް އެވެ.

ފޯރީގައި ކުރިއަށްދާ ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *