މަގޫދޫ އެލް4 ކަޕް: ޗެމްޕިއަން ބީސީ މޮޅަކުން މުބާރާތް ފަށައިފި

Advertisement

މަގޫދޫ އެލް4 ކަޕް: ޗެމްޕިއަން ބީސީ މޮޅަކުން މުބާރާތް ފަށައިފި

ފަހުމިނެޓް

ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިސްނަގައިގެން ބާއްވާ އެލް4 ކަޕް ފުޓްސަލްގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

އަތޮޅަށް ހުޅުވާލި މުބާރާތުގައި 10 ޓީމު ވާދަކުރާއިރު ދަރަނބޫދޫ އަށް ނިސްބަތްވާ ބީސީ ސްޕޯޓްސް ހިމެނެނީ ގްރޫޕް އޭގަ އެވެ. އެ ގްރޫޕުގައި ހިމެނޭ އޭއެމްޑީ އަތުން ބީސީ ސްޕޯޓްސް ރޭ މޮޅުވީ 2-5 އިންނެވެ.

Advertisement

އެ ގްރޫޕުގައި ހިމެނޭ ގަޓް ސިޓީ ރޭ ވަނީ ފަވްޒް ނިއު ޖެނެރޭޝަންއާ ވާދަކޮށް 1-2 އިން މޮޅުވެފަ އެވެ. ރޭ ދެން ކުޅުނީ ގްރޫޕް ބީގެ ދެ މެޗެވެ. އެ ގްރޫޕުގައި ހިމެނޭ ފަވްޒް ސްޕޯޓްސް ކްލަބުން ރޭ ވަނީ އެޒް ސްޕޯޓްސް ކްލަބް 1-3 އިން ބަލިކޮށްފަ އެވެ. އެފްސީ ޒަލްޒަލާ އާއި ސީއެސް – ސްކޯޕިއަން ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ބީސީ ސްޕޯޓްސް ކްލަބުން ރޭ ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ މުޒްދާން އަހުމަދު އެވެ. އަނެއް ގޯލު ޖެހީ ސާޖިދު އަހުމަދު އިބްރާހީމް އެވެ.

މިދިޔަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދައި ބީސީ ސްޕޯޓްސް މިއަހަރުގެ މުބާރާތަށް ނުކުތީ މުބާރާތް މިލްކުކުރާށެވެ. މިއަހަރު ވެސް އެޓީމުގައި ފުޓްސަލްގެ މަޝްހޫރު ތަރިން ހިމެނެ އެވެ. އޭގެތެރޭގައި އަލީ ޝިޔާހް އާއި އިސްމާއީލް ވަޖީހު (ވައްޖެ) ގެ އިތުރުން އިބްރާހީމް އައިސަމް އާއި މުހައްމަދު ވިލްފް ހިމެނެ އެވެ.

މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. މިރޭ 8 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒަލްޒަލާ އާއި ބީސީ 2030 އެވެ. އޭގެފަހުން 9 ޖަހާއިރު ކުޅޭ މެޗުގައި ފަވްޒް ނިއު ޖެނެރޭޝަން ނުކުންނާނީ ޕަވާ އެޓޭކްއާ ދެކޮޅަށެވެ. 10 ޖަހާއިރު ސީއެސް – ސްކޯޕިއަން ނުކުންނާނީ ފަވްޒް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިރޭގެ ފަހު މެޗުގައި 11 ޖަހާއިރު ގަޓް ސިޓީ އާއި ބީސީ ސްޕޯޓްސް ވާދަކުރާނެ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • އޭޒް ސްޕޯރޓްސް އެއް ނޫން
    ރަނގަޅު ގޮތަކީ އޭކްސް ސްޕޯރޓްސް ކުލްބް