މިލަންދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ

Advertisement

މިލަންދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ

ފަހުމިނެޓް

ށ. މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ ހޭންޑްބޯޅަ މުބާރާތް މިއަދު ހަވީރު އެރަށުގައި ފަށާނެ އެވެ.

ހޭންޑްބޯލް މުބާރާތުގައި ހަތަރު ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ، ޑެޒްލިން، ރެޑް ބީޓަލްސް، ލޭޑީބަގްސް އަދި ޑްރިބްލް އެވެ. ހޭންޑްބޯލް މުބާރާތް ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. ފުރަތަމަ މެޗުގައި އެދުވަހު ހަވީރު ރެޑް ބީޓަލްސް ނުކުންނާނީ ޑެޒްލިންއާ ދެކޮޅަށެވެ. ލީގު ބުރުގެ މެޗުތައް ނިމޭނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. ހޭންޑްބޯލް ޓީމުތަކުގައި ވެސް ރަށުން ބޭރުން ދެކުޅުންތެރިން ޖެހުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ލިބޭނެ އެވެ.

ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމު

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑްރިބްލް އާއި ރެޑް ބީޓަލްސް އެވެ. ހަވީރު ފަހެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ޑެޒްލިން އާއި ލޭޑީބަގްސް އެވެ.

ހޭންޑްބޯލް މުބާރާތް ބާއްވަނީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ އަހަރު މުބާރާތް ބާއްވާފައި ނުވާއިރު 2022 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނަލަމަލަ ޓީމެވެ. އެފަހަރު ރަނަރަޕް ޓީމަކީ މަންޓާ އެވެ. އެ ދެޓީމުގެ ކުޅުންތެރިން މިއަހަރުގެ މުބާރާތުގައި ވެސް ފެންނާނެ އެވެ.

މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ބާއްވާ ފުޓްސަލް މުބާރާތް އެރަށުގައި ރޭ ވަނީ ފަށައިފަ އެވެ. ފުޓްސަލް އާއި ހޭންޑްބޯލްއާ އެކު އެރަށުގައި ކުޅިވަރުގެ ފޯރި މި އީދުގައި ގަދަ އެވެ.

ހޭންޑްބޯޅަ މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗު

ފުޓްސަލް މުބާރާތާއި ހޭންޑްބޯލް މުބާރާތުގެ މީޑީއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *