މިލަންދޫ ފުޓްސަލް ކަޕް: ފުރަތަމަ ހަތަރު މެޗުގައި 47 ގޯލު

Advertisement

މިލަންދޫ ފުޓްސަލް ކަޕް: ފުރަތަމަ ހަތަރު މެޗުގައި 47 ގޯލު

ފަހުމިނެޓް
ރޭގެ މެޗުގައި އޮންލީ ބޯޅަ ހިފައިގެން ދަނީ. މުބާރާތުގެ ފުރަތަމަ ރޭ ގިނަ ގޯލުތަކެއް ފެނުނު. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ށ. މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އެރަށަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް ކަޕް ރޭ ފަށައިފި އެވެ.

މިލަންދޫގެ 8 ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ ރޭ ކުޅުނު ހަތަރު މެޗުގައި ވަނީ ރެކޯޑް އަދަދަކަށް ގޯލު ފެނިފަ އެވެ. އެ ހަތަރު މެޗުގައި ޖުމްލަ 47 ގޯލު ޖެހި އެވެ.

Advertisement

ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އިން ވަނީ 3-4 އިން ޑީއެސްކިއު ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ސިކްސްޕެކް އެފްސީ އަތުން ވޮލްކޯ ޔުނައިޓެޑް މޮޅުވީ 3-5 އިންނެވެ. ތިންވަނަ މެޗުގައި ތޮޅި އެފްސީ ވަނީ ކަލާފާނު އެފްސީ 3-15 އިން ބަލިކޮށްފަ އެވެ. ފަހު މެޗުގައި ލިންކް ސްޕޯޓްސް ކްލަބުން ޔަންގްސްޓާސް ބަލިކުރީ 1-13 އިންނެވެ.

 

ރޭ އެންމެ ވާދަވެރިކޮށް ފެނުނީ ފުރަތަމަ މެޗެވެ. އެ މެޗުގައި ޑީއެސްކިއު މޮޅުވާން ދަނިކޮށް އީގަލްސް އިން ކުރި ހޯދީ މެޗުގެ ފަހު ވަގުތު އެވެ.

މެޗުގައި އީގަލްސްގެ ހަތަރު ގޯލު ޖެހީ އިބްރާހީމް ރިމާހް (ރިމޭ) އާއި އިބްރާހީމް ނަދާދުގެ އިތުރުން އިބްރާހީމް ޒާހީ އަދި އަހުމަދު ޝާނީ އެވެ. ޑީއެސްކިއުގެ ތިން ގޯލު ޖެހީ އަޔާޒް އަހުމަދު (އަޔާ) އާއި މުހައްމަދު އަފްނާން ދެ ގޯލެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސް މޮޅުވި ގޯލު ޖެހި ޒާހީ އެވެ.

މުބާރާތަށް ވަރުގަދަކޮށް ތައްޔާރުވި ވޮލްކޯ ޔުނައިޓެޑް މޮޅުވި މެޗުގައި ގޯލުތައް ޖެހީ އަލީ ޖުނެއިދު އާއި މުހައްމަދު ނާއިލް އަދި ހުސައިން ޝަރީފް (އޮންލީ) އެވެ. މެޗުގައި ޖުނައިދު އާއި އޮންލީ ދެ ގޯލު ޖެހި އެވެ. ސިކްސްޕެކް ޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު އަރީފް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮންލީ އެވެ.

 

މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސް ޓީމުގެ ޒާހީ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގޯލްޑް ކެޕްޓަން އައްސަދު. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ރޭ އެންމެ ގިނަ ގޯލު ފެނުނީ ތޮޅި އެފްސީ އިން ހޯދި ބޮޑު މޮޅުގަ އެވެ. އެޓީމުން ކަލާފާނު އެފްސީ ކޮޅަށް ޖެހި 15 ގޯލުގެ ތެރެއިން އަލީ ހުމޭޒު އާއި އުމަރު ޒާހިރު، ކޮންމެ ކުޅުންތެރިއަކު ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އަނެއް ފަސް ގޯލުގެ ތެރެއިން އެއް ގޯލު ވަނީ ބައިކޮޅަށެވެ. އަދި، އެޓީމުގެ އަލީ އަންވަރު ދެ ގޯލު ޖެހިއިރު އަބްދުﷲ ހިޝާމް އެއް ގޯލު ޖެހި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުމޭޒު އެވެ.

މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ލިންކްސް ސްޕޯޓްސް އިން ރޭ ޖެހި 13 ގޯލުގައި ބޮޑު ހިއްސާއެއްވީ އިބްރާހީމް ސިޔާމް އާއި އީރާނުގެ އަލީ ހޮދަދާދީ އެވެ. މެޗުގައި އެއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލު ޖެހި އެވެ. އެ ދެކުޅުންތެރިންގެ އިތުރުން ލިންކް ސްޕޯޓްސްގެ މުހައްމަދު ނަޖާހް ރޭ ހެޓްރިކް ހެދި އެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު އައްޒާމު އާއި ހަސަން ނާސިހު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހޮދަދާދީ އެވެ.

މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. ހުރިހާ މެޗެއް ވެސް ކުޅެނީ މިލަންދޫ ޓާފް ފުޓްސަލް ދަނޑުގަ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *