ތިމަރަފުށްޓާއި ފޯކައިދޫ ފައިނަލަށް

Advertisement

ތިމަރަފުށްޓާއި ފޯކައިދޫ ފައިނަލަށް

އަޙްމަދު ޔަޝައު

އެސް.ޓީ.އޯ މިނިވަން ޗެމްޕިއަންޝިޕް 2018 ގެ ފައިނަލަށް ތ.ތިމަރަފުށްޓާއި ށ.ފޯކައިދޫ ދަތުރުކޮށްފިއެވެ. ތިމަރަފުށި ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ބ.ފެހެންދޫގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފޯކައިދޫ ފައިނަލަށް ދަތުރުކުރީ ފ.ނިލަންދޫގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އިއްޔެ ކުޅެވުނު ސެމީގައި ތިމަރަފުށްޓަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަހުމަދު ތޯހިރު (ކަޅުޗީ) އެވެ. އެޓީމުން މި ލަނޑު ޖެހިތާ މާގިނަ އިރެއްނުވެ ފެހެންދޫއިން ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ތިމަރަފުށްޓަށް މެޗު ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޮއާސީއެވެ.

މިއީ ތިން އަހަރު ތެރޭ ތިމަރަފުށި މިނިވަން ޗެންޕިއަންޝިޕް ގެ ފައިނަލުން ޖާގަ ހޯދި ދެ ވަނަ ފަހަރެވެ. އެޓީމު ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ބ.އޭދަފުށި އަތުން 0-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ފޯކައިދޫ ޓީމު

ސެމީގެ ދެވަނަ މެޗުގައި ނިލަންދޫގެ މައްޗަށް އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ފޯކައިދޫ އިން ކުރިހޯދިއިރު އެ ޓީމަށް ލަނޑުތައް ކާމިޔާބުކުރީ ފާރިޝް އިބްރާހިމާއި ހުސެއިން ނިޝާން އެވެ. އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ފޯކައިދޫ އިން މި މުބާރާތުގައި ބައިވެރިވެ، ފައިނަލަށް ދަތުރުކުރި އިރު އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ތިމަރަފުށްޓާއި ފޯކައިދޫގެ އިތުރުން މި މުބާރާތުގެ ސެމީފައިނަލުން ފުރުސަތު ހޯދި އަނެއް ދެޓީމު ކަމަށްވާ ނިލަންދޫ އާއި ފެހެންދޫއަށް ވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *