މަތިވެރި، ގާފަރު، ކުޑަހުވަދޫ އަދި މާފަންނުން ޒޯން ޗެމްޕިއަންކަން ހޯދައިފި

Advertisement

މަތިވެރި، ގާފަރު، ކުޑަހުވަދޫ އަދި މާފަންނުން ޒޯން ޗެމްޕިއަންކަން ހޯދައިފި

ފަހުމިނެޓް
ޒޯން ޗެމްޕިއަންކަން ހޯދި މާފަންނު ޓީމުން ތަށި އުފުލާލަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ޗެމްޕިއަންކަން އއ. މަތިވެރި އާއި ކ. ގާފަރު އަދި ދ. ކުޑަހުވަދޫގެ އިތުރުން މާލެ މާފަންނު ހޯދައިފި އެވެ.

ރޭ ކުޅުނު ޒޯން ހަތަރު ފައިނަލްގެ ތެރެއިން ތިން ފައިނަލުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ނުޖަހައި ޒޯން ޗެމްޕިއަންކަން ހޯދީ މަތިވެރި އެވެ.

ޒޯން ހަތަރެއްގެ ފައިނަލުގައި މަތިވެރިން ވަނީ 1-2 އިން އދ. މާމިގިލި ބަލިކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯން ހަތަރެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމްގެ އިތުރުން ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ މަތިވެރި ޓީމުގެ އަލީ އަލްސަން އެވެ.

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި އއ. މަތިވެރި ޓީމް. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ޒޯން ތިނެއްގެ ޗެމްޕިއަންކަން ކ. ގާފަރު ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބ. އޭދަފުށި 3-5 އިން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ކުޅުން ނިމުނުއިރު ދެޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

ޕެނަލްޓީގައި ގާފަރަށް ކުރި ލިބުނީ އޭދަފުށީގެ މުހައްމަދު ފާސިރު ޖެހި ޕެނަލްޓީ ގާފަރު ގޯލްކީޕަރު މަތަކުރުމުންނެވެ.

ޒޯން ތިނެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގާފަރު ޓީމުގެ އިބްރާހީމް ރިމާހު އެވެ.

އޭދަފުށި ބަލިކޮށް ޒޯން ތިނެއް އުފުލާލި ގާފަރު ޓީމް. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ޒޯން ފަހެއްގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫ ހޯދީ ފ. ބިލެއްދޫ ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ބިލެއްދޫ އިން ހިތްވަރާ އެކު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ކުޑަހުވަދޫ ކުރި ހޯދީ 2-4 އިންނެވެ.

މެޗުގައި ބިލެއްދޫ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކުޑަހުވަދޫގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. ކުޑަހުވަދޫ އިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ޒޯން ފަހެއްގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމްގެ އިތުރުން ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ.

މާލެ ސަރަހައްދުގެ ޓީމުތައް ނިސްބަތްވާ ޒޯން އަށެއްގެ ޗެމްޕިއަންކަން މާފަންނު ހޯދީ ވިލިމާލެއާ ވާދަކުރި ފައިނަލް މެޗު 2-2 އިން އެއްވަރުވެ ޕެނަލްޓީގައި 4-5 އިންނެވެ.

ޕެނަލްޓީގައި ބިލެއްދޫ ބަލިކުރި ކުޑަހުވަދޫ ތައްޓާ އެކު. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ޒޯން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި ވިލިމާލޭގެ ގިނަ ހަމަލާތަކެއް ހުއްޓުވައި ޕެނަލްޓީގައި ތަފާތު ދެއްކި މާޔިޒް ލިޔާޒް އެވެ. ޒޯން އަށެއްގެ އެންމެ ގިނަ ގޯލު ޖެހީ މާފަންނު ޓީމުގެ ހުސައިން ސުހައިލް އެވެ. އެ ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާފަންނު ޓީމުގެ މުހައްމަދު ޔަފާއު އެވެ.

ޒޯންގެ ބާކީ ހަތަރު ފައިނަލް ކުޅޭނީ މިރެ އެވެ. މިރޭ އަށެއް ޖަހާއިރު ޒޯން އެކެއްގެ ފައިނަލުގައި ވާދަކުރާނީ ހދ. ނައިވާދޫ އާއި ހއ. އުތީމް އެވެ. ހަމަ އެގަޑީގައި ޒޯން ހައެއްގެ ފައިނަލުގައި ތި. ތިމަރަފުއްޓާއި ލ. ގަން ވާދަކުރާނެ އެވެ.

މިރޭ 10 ޖަހާއިރު ކުޅޭނީ ޒޯން ތިނެއް އަދި ޒޯން ހަތެއްގެ ފައިނަލެވެ. ޒޯން ތިނެއްގެ ފައިނަލުގައި ނ. ކެނދިކުޅުދޫ އާއި ރ. ދުވާފަރު ވާދަކުރާއިރު ޒޯން ހަތެއްގެ ފައިނަލުގައި ފުވައްމުލަކު ދަނޑިމަގު ނުކުންނާނީ ސ. ހިތަދޫއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *