ހާލަންޑާ ނުބެހޭތި، އަނގަ ބަންދުކޮށްލާނެ

Advertisement

ހާލަންޑާ ނުބެހޭތި، އަނގަ ބަންދުކޮށްލާނެ

ފަހުމިނެޓް
ހާލަންޑް ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު

އޭނާގެ ޓީމުގެ އެންމެ މުހިއްމު ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް ގޯލު ނުޖެހިގެން ފާޑު ނުކިޔުމަށާއި، ފާޑުކިޔައިފި ނަމަ އެބައެއްގެ އަނގަ ހާލަންޑް ބަންދުކޮށްލާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގައި ރޭ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ހާލަންޑުގެ ހަމައެކަނި ގޯލާ އެކު 0-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.

މެޗުގައި ހާލަންޑް ގޯލު ޖެހީ 71 ވަނަ މިނެޓުގަ އެވެ. މޮޅާ އެކު ސިޓީ މިހާރު އޮތީ 56 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ.

ރޭގެ މެޗުގެ ކުރިން ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅެ ސިޓީ އެއްވަރުވި މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ހާލަންޑަށް ބޭނުން ނުކުރެވުނެވެ. އެ މެޗަށް ފަހު، ހާލަންޑަށް ލިބުނު ފުރުސަތުތަކުގެ ވާހަކަ މީޑިއާގައި ދެކެވުނެވެ.

“އެހާ ބައިވަރު ގޯލު ޖަހާ ޓޮޕް ސްޓްރައިކަރުންނަށް ފާޑުނުކިޔާ. އެގޮތަށް ފާޑުކިޔާ މީހުންގެ އަނގަ ހާލަންޑް ބަންދުކޮށްލާނެކަން އަހަރެންނަށް ޔަގީން” ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ހޮނިހިރު ދުވަހު ޗެލްސީ މެޗަށް ހާލަންޑް ނުކުތީ އޭގެ ދެތިން ދުވަސްކުރިން އޭނާގެ މާމަ މަރުވުމުގެ ހިތާމައާ އެކު އެވެ.

“ދެ މަސް ވަންދެން ހާލަންޑް ހުރީ އަނިޔާގަ. ހާލަންޑް ހުރީ އަދި ހުންނަންޖެހޭ އެންމެ ރަނގަޅު ފޯމަކު ނޫން. އަނެއްކާ މާމަ ނިޔާވުމުގެ ހިތާމަވެސް ކުރިމަތިވި. އެއީ އިންސާނަކަށް ފަސޭހަކަމެއް ނޫން” ހާލަންޑުގެ ދިފާއުގައި ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ ޖާނަލިސްޓަކަށް ވާން އޭނާ ދުވަހަކު ވެސް ބޭނުންނުވާ ކަމަށާއި، އޭނާ މިހާރު ހުރީ ޖާނަލިސްޓުންނަށް ވުރެ މާ ރަނގަޅު ވަޒީފާއެއްގައި ކަމަށެވެ.

“އަހަރެންނަކީ މެނޭޖަރެން. އަހަރެން ދިރިއުޅުން ތިމީހުންނަށް ވުރެ ފުރިހަމަވާނެ” ނޫސްވެރިންނަށް މަޖާޒީ ގޮތެއްގައި ފާޑުކިޔަމުން ގާޑިއޯލާ ބުންޏެވެ.

ލީގުގައި ރޭ ބްރެންޓްފޯޑް ކޮޅަށް ޖެހި ގޯލާ ހާލަންޑަށް ވަނީ ހާއްސަ ރެކޯޑެއް ލިބިފަ އެވެ. އޭނާ ވެފައިވަނީ ލީގުގައި ވާދަކުރި ހުރިހާ ޓީމެއް ކޮޅަށް ގޯލު ޖެހި ދެ ވަނަ ކުޅުންތެރިޔާއަށެވެ. ލީގުގައި މިހާތަނަށް 21 ކްލަބާ ދެކޮޅަށް ކުޅެ އެ ހުރިހާ ޓީމެއް ކޮޅަށް ވެސް ހާލަންޑް މިހާރު ލަނޑު ޖެހީ އެވެ. މީގެކުރިން ހާލަންޑަށް ލަނޑު ނުޖެހި އޮތީ ބްރެންޓްފޯޑް ކޮޅަށް އެކަންޏެވެ.

ހާލަންޑާ އެކު އެ ރެކޯޑް ހިއްސާކުރަނީ މިހާރު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހެރީ ކޭން އެވެ. ކޭން ވަނީ ޕްރިމިއާ ލީގުގައި ކުޅުނު މުއްދަތުގައި އޭނާއާ ދެކޮޅަށް ނުކުތް 32 ޓީމު ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *