ވިލިމާލެ އާއި މާފަންނު އެއްވަރު، މަންޗަންގޯޅި މޮޅުވެއްޖެ

Advertisement

ވިލިމާލެ އާއި މާފަންނު އެއްވަރު، މަންޗަންގޯޅި މޮޅުވެއްޖެ

ފަހުމިނެޓް
މައްޗަންގޯޅި ޓީމުން ގޯލު ޖެހުމަށް ފަހު. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ މާލެ ޒޯންގެ މެޗުތައް ރޭ ފެށިއިރު އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ އެއްވަރުވެ މަންޗަންގޯޅި ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ މާފަންނާ ވާދަކޮށް ވިލިމާލެ އެއްވަރުވީ 2-2 އިންނެވެ. މެޗުގައި ވިލިމާލޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ވަޖީހް (ވައްޖެ) އާއި އަލީ ޝިޔާހު އެވެ. މާފަންނުގެ ދެ ގޯލު ޖެހީ ހުސައިން ޝުހައިލް އަދި މުހައްމަދު ޔަފާއު އެވެ. ޔަފާއު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.

Advertisement

މަންޗަންގޯޅި ރޭ ވަނީ ހުޅުމާލެއާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ. މެޗުގައި މަންޗަންގޯޅީގެ ދެ ގޯލު ޖެހީ ހަސަން ނަޒީމް (ޗޯޓު) އަދި މުހައްމަދު ނަޒާމް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނަޒީމް އެވެ.

މާލެ ސަރަހައްދުގެ ޓީމުތައް ހިމެނޭ ޒޯން 8 އިން މުބާރާތުގައި ބައިވެރިވީ ހަތަރު ޓީމެވެ.

މާމިގިލި ޓީމުގެ ގޯލު ޖެހުމަށް ފަހު ނިޒާމްބެ އުފާފާޅުކުރަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ޒޯން ފަހެއްގައި ރޭ ދ. ކުޑަހުވަދޫ ވަނީ މ. އަތޮޅު ޗެމްޕިއަން މ. މުލައް 1-5 އިން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި މުހައްމަދު އަރީޝް އެވެ.

އެ ޒޯންގައި ހިމެނޭ މ. ނާލާފުއްޓާ ވާދަކޮށް ފ. ބިލެއްދޫ ވަނީ 2-5 އިން މޮޅުވެފަ އެވެ. އެ މެޗުގައި ހެޓްރިކް ހަދައި ބިލެއްދޫ ޓީމުގެ ނަދީފް އިބްރާހީމް ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

ޒޯން ހަތަރެއްގައި ރޭ އދ. މަހިބަދޫއާ ވާދަކޮށް އއ. އަތޮޅު ޗެމްޕިއަން މަތިވެރި ވަނީ 2-3 އިން މޮޅުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަތިވެރި ޓީމުގެ އަހުމަދު ފިރާޝް އެވެ.

ރޭ އދ. މާމިގިއްޔާއި ވ. ކެޔޮދޫ ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާމިގިލި ޓީމަށް ދެ ގޯލު ޖެހި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ.

ގާފަރު ޓީމުން 8 ގޯލު ޖެހި މެޗުގައި މާއިސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ރޭ ވަނީ ޒޯން ތިނެއްގެ ދެ މެޗު ކުޅެފަ އެވެ. އެ ޒޯނުން މޮޅުވީ ބ. އަތޮޅު ޗެމްޕިއަން އޭދަފުއްޓާއި ކ. އަތޮޅު ޗެމްޕިއަން ގާފަރެވެ.

އޭދަފުށި މޮޅުވީ ކާށިދޫއާ ވާދަކޮށް 0-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެއް ގޯލު ޖެހި ހައިޝަމް ހަސަން އެވެ.

ގާފަރު ވަނީ 0-8 އިން ޅ. ކުރެންދޫ ބަލިކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި އބްރާހީމް ރިމާހު އެވެ.

ރޭ ޒޯން ތިނެއް، ހަތަރެއް އަދި ފަހެއްގައި ކުޅުނީ ފުރަތަމަ މެޗުތަކެވެ.

މުބާރާތުގައި މިރޭ ވެސް 8 މެޗު ކުޅޭނެ އެވެ. މިރޭ އެންމެ ފުރަތަމަ ކުޅޭނީ ޒޯން އެކެއްގެ ދެ މެޗެވެ. ދެން ކުޅޭނީ ޒޯން ދޭއް އަދި ޒޯން ހައެއް އަދި ޒޯން ހަތެއްގެ މެޗުތަކެވެ. މިރޭގެ މެޗުތަކަށް ފަހު ބައެއް ޒޯންތަކުން ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *