އައްޑޫގެ ޗެމްޕިއަންކަން ފޭދޫ ބަލިކޮށް ހިތަދޫ ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އައްޑޫ ސިޓީގެ ޗެމްޕިއަންކަން ފައިނަލުގައި ފޭދޫ ޕެނަލްޓީ ޖަހައިގެން ބަލިކޮށް ހިތަދޫ އިން ހޯދައިފި އެވެ.
ރޭ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ހިތަދޫ ކުރި ހޯދީ 7-6 އިންނެވެ.
ޕެނަލްޓީގައި ފޭދޫ އަށް ދެ ޕެނަލްޓީ ވައްދައެއް ނުލެވުނެވެ. ހިތަދޫ އަށް ވައްދާނުލެވުނީ އެއް ޕެނަލްޓީ އެވެ.
އައްޑޫގެ ޗެމްޕިއަންކަން މީގެކުރިން ހޯދަމުން އައީ ފޭދޫ އެވެ. މިއީ ހިތަދޫ އަށް ސިޓީގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. މޮޅާ އެކު ހިތަދޫ ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ.
އައްޑޫ ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ހިތަދޫ ޓީމުގެ ހާޒިމް ފައުޒީ އެވެ.

އޭދަފުށީގެ ސައްޓު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އިމޭޖަސް.އެމްވީ
ވ. އަތޮޅު ބުރުގައި ރޭ ފެލިދޫއާ ވާދަކޮށް ކެޔޮދޫ ވަނީ 2-5 އިން މޮޅުވެފަ އެވެ. ރޭ ކުޅުނު ބ. އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭދަފުށި ވަނީ 2-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ. އަތޮޅު ފައިނަލުގައި އޭދަފުށި ނުކުންނާނީ ރޭ ކުޅުނު ތުޅާދޫއާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ތ، ގއ އަދި ގދ އަތޮޅު ފައިނަލް ކުޅޭނެ އެވެ. ތ. އަތޮޅު ފައިނަލުގައި ކުޅޭނީ އޮމަދޫ އާއި ތިމަރަފުއްޓެވެ. ގދ ފައިނަލުގެ ވާދަކުރާނީ ވާދޫ އާއި ތިނަދޫ އެވެ. ގއ. ފައިނަލުގައި ކަނޑުހުޅުދޫ ނުކުންނާނީ ގެމަނަފުއްޓާ ދެކޮޅަށެވެ.
މިރޭ ދެން ކުޅޭނީ ޅ އަތޮޅާއި މ އަތޮޅުގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގިނަ އަތޮޅުތަކެއްގެ ޗެމްޕިއަންކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
Advertisement


Leave a Reply