ގޯލްޑަން ފުޓްސަލް: ރ އަތޮޅު ޗެމްޕިއަންކަން ދުވާފަރު ހޯދައިފި

Advertisement

ގޯލްޑަން ފުޓްސަލް: ރ އަތޮޅު ޗެމްޕިއަންކަން ދުވާފަރު ހޯދައިފި

ފަހުމިނެޓް
ރ. އަތޮޅު ޗެމްޕިއަންކަން ހޯދި ދުވާފަރު ޓީމު. އެޓިމުން އަތޮޅު ބުރުގައި މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ރ އަތޮޅު ބުރުގެ ޗެމްޕިއަންކަން ރ. ދުވާފަރު ހޯދައިފި އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި އެތައް ސަތޭކަ ސަޕޯޓަރުންނެއް ކުރިމަތީ ރ. އަލިފުއްޓާ ވާދަކުރި މެޗު ދުވާފަރު ކާމިޔާބުކުރީ 0-3 އިންނެވެ.

މެޗުގައި ދުވާފަރުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މުސްލިމް މުހައްމަދު އެވެ. މެޗުގެ ފަހު ވަގުތު އަނެއް ގޯލު ޖެހީ ގައުމީ ފުޓްބޯޅަ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު އިސްމާއީލް އީސާ (މެސީ) އެވެ.

އަތޮޅު ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތަފާތު މޮޅު ކުޅުމެއް ދެއްކި ދުވާފަރު ޓީމުގެ މުސްލިމް އެވެ. އެންމެ ގިނަ ގޯލު ޖެހީ އީސަ އެވެ.

ދުވާފަރުން އަތޮޅު ޗެމްޕިއަންކަން ހޯދި މިއީ ތިން ވަނަ ފަހަރެވެ. މީގެކުރިން އަތޮޅު ޗެމްޕިއަންކަން އެރަށުން ހޯދީ 2016 އަދި 2022 ވަނަ އަހަރު އެވެ.

ދުވާފަރާ އެކު އަލިފުށި ވަނީ ޒޯން ބުރަށް ހޮވިފަ އެވެ. މިދިޔަ އަހަރުތަކުގައި ގަވައިދުން ޒޯން ބުރަށް ކޮލިފައިވި ރ. އިނގުރައިދޫ މިފަހަރު ވަނީ ސެމީ ފައިނަލުގައި އަލިފުށި އަތުން ބަލިވެ ކަޓައިފަ އެވެ. މިއަހަރުގެ މުބާރާތުގައި އިނގުރައިދޫ ޓީމުގައި ހިމެނޭ ރާއްޖޭގެ ފުޓްސަލް ތަރި އަލީ ހާޒިފް (ހާއްޕެ) އަނިޔާގެ ސަބަބުން ނުކުޅެ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އޭދަފުށި ވަނީ ބ. އަތޮޅު ބުރުގައި 0-5 އިން ކެންދޫ ބަލިކޮށްފަ އެވެ. ނ. އަތޮޅު ބުރުގެ ފަހު މެޗުތަކަށް ފަހު ފައިނަލުގެ ޖާގަތައް ހޯދީ މާފަރާއި ކެނދިކުޅުދޫ އެވެ. ހދ. އަތޮޅު ފައިނަލަށް ހޮވުނީ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫ އަދި ނޮޅިވަރަން އެވެ.

މުބާރާތުގައި މިއަދު 12 މެޗު ކުޅޭނެ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު މާލެ އަތޮޅު ބުރުގައި ގާފަރާއި ކާށިދޫ ވާދަކުރާ މެޗެވެ.

މިއަހަރުގެ މުބާރާތުގައި 129 ޓީމު ވަނީ ބައިވެރިވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *