ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި

Advertisement

ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި

ފަހުމިނެޓް

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީ އިން އެފްއޭއެމް އަށް އަންގައިފި އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ފޯމު ހުށަހެޅީ ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. އެކަމަކު ޓޮމްގެ ކެންޑިޑެސީ ބާތިލްކުރަން އެފްއޭއެމުންގެ އިލެކްޓޯރަލް ކޮމިޓީން ނިންމުމާ އެކު އިންތިހާބުގައި ވާދަކުރަން އޮތީ ހަމައެކަނި މުފާ އެވެ.

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރަން ނިންމީ ކްލަބް ވެލެންސިއާގެ ތާއީދު ސިޓީއެއް ދެ ކެންޑިޑޭޓުން ހުށަހެޅުމުން، އެ މައްސަލަ ބެލުމަށްފަހު އެވެ. އެ މައްސަލައިގެ ތެރެއިން ވެލެންސިއާގެ އެންމެ ފަހުގެ ބުނުމަކަށްވީ އެ ކްލަބްގެ ތާއިދު އޮތީ މުފާ އަށް ކަމަށެވެ. އެކަމަކު އެ ނިންމުމުގައި ގިނަ އޮޅުވާލުންތަކެއް ހިމެނޭކަމަށް ތުހުމަތުކުރެ އެވެ.

އެފްއޭއެމްގެ ނިންމުމާއި ދެކޮޅަށް އިންތިހާބުގެ މައްސަލަ ތޯރިގު ވަނީ ފީފާ އާއި އޭއެފްސީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ފީފާ އާއި އޭއެފްސީގެ ނިންމުމުގައި ބުނެފައިވަނީ ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރި އިލެކްޓޯރަލް ކޮމިޓީ އެކުލަވާލާފައިވާ ގޮތް ސައްހަނޫން ކަމަށެވެ. އެއާއެކު ފުޓްބޯޅައިގެ މައި ދެ އިދާރާގެ ނިންމުމަކަށް ވީ އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ކުރާ ހުރިހާ މަސައްކަތެއް ހުއްޓާލުމެވެ. އޭގެފަހުން އެފްއޭއެމްގެ ކޮންގްރެސްއެއް ބާއްވައި އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އަލުން އިންތިހާބުކުރުމަށް ލަފާދީފައިވެ އެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން ފީފާ އާއި އޭއެފްސީ އިން ލަފާދިނީ އެ ހުރިހާ ކަމެއް ނިންމުމަށް ފަހު އެވެ.

އިދާރާތަކުގެ ނިންމުމާއި އެކު އެފްއޭއެމްގެ އިންތިހާބާ ގުޅޭގޮތުން ގޮން ނިންމާނީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ އެފްއޭއެމްގެ އެކްސޯ ބައްދަލުވުމުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *