ނިއު ރޭޑިއަންޓް ގަދަ ފޯރިއާ އެކު މިއަދު އަލުން ދަނޑަށް ނުކުންނަނީ

Advertisement

ނިއު ރޭޑިއަންޓް ގަދަ ފޯރިއާ އެކު މިއަދު އަލުން ދަނޑަށް ނުކުންނަނީ

ފަހުމިނެޓް

މި ސީޒަނުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ފުރަތަމަ ފަހަރަށް މިއަދު ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ.

މުބާރާތުގައި ނިއު ރޭޑިއަންޓް އެންމެ ފުރަތަމަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ޑިސެމްބަރު 31 ވަނަ ދުވަހު ކުޅެން އޮތް މެޗު ކެންސަލްވީ ވިއްސާރައިގެ ސަބަބުންނެވެ.

މިއަދު ހަވީރު 3:50 ގައި ނިއު ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

ގްރޫޕުގައި މި މަހުގެ 13 ވަނަ ދުވަހު ނިއު ރޭޑިއަންޓް ކުޅެން އޮތް މެޗަށް ކްލަބް ޓީނޭޖް ހާޒިރު ނުވުމުން ނިއު އަށް މެޗު ލިބުނީ އެވެ. ނިއު އާއި ޓީނޭޖް އަދި ދަ ގްރާންޑޭގެ އިތުރުން އެ ގްރޫޕުގައި ދެން ހިމެނެނީ ޓެންޓް ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ކްލަބެވެ.

އެ ގްރޫޕުގެ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވެފައިވާ ޓެންޓް ސްޕޯޓްސް ކްލަބެވެ. ނިއު ރޭޑިއަންޓާއި ބީޖީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދަ ގްރާންޑޭ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ނިއު އިން އަމާޒު ހިފާފައިވަނީ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމަށެވެ. މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ސެމީ ފައިނަލުގައި ބަލިވުމުން ނިއު އަން ފުރަތަމަ ޑިވިޝަނުން ފުރުސަތު ނުލިބުނީ އެވެ.

ގްރޫޕް ސްޓޭޖުގައި މި މަހުގެ 13 ވަނަ ދުވަހު ޓީނޭޖާ ދެކޮޅަށް ކުޅެން އޮތް މެޗަށް ނިއުގެ ސަޕޯޓަރުން ވަރަށް ފޯރީގައި ތައްޔާރުވި އެވެ.

މިއަދު ގަލޮޅު ދަނޑަށް ނިއު ރޭޑިއަންޓް ނުކުންނާނީ އެޓީމުގެ ޒަމާންވީ ސަޕޯޓަރުންނާއި އެކު މޮޅަކަށް ޓާގެޓްކޮށްގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *