މޮޅެއް ނުލިބި އޮއްވާ ސަލާހަށް އަނިޔާވުމުން މިސްރަށް ހާސްކަން

މޮޅެއް ނުލިބި އޮއްވާ ސަލާހަށް އަނިޔާވުމުން މިސްރަށް ހާސްކަން

ފަހުމިނެޓް

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ގާނާއާ ވާދަކޮށް 2-2 އިން މިސްރު އެއްވަރުވި މެޗުގައި ކެޕްޓަން މުހައްމަދު ސަލާހަށް އަނިޔާވެއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މޮޒަންބީގްއާ ވާދަކޮށް ވެސް މިސްރު ވަނީ އެއްވަރުވެފަ އެވެ. އަނެއް ބުރަށް ދާން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޭޕް ވާޑް ބަލިކުރަން މިސްރަށް މަޖުބޫރުވާނެ އެވެ.

އަންގާރަ ދުވަހު މޮޒަންބީގް އަތުން މޮޅުވެގެން ކޭޕް ވާޑް އަށް މުބާރާތުގެ ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ. އެ ނަތީޖާ ނުކުމެއްޖެ ނަމަ ގާނާ ނުވަތަ މިސްރު މުބާރާތުން ކެޓުމުގެ ފުރުސަތު ބޮޑެވެ.

މުބާރާތުގެ ގަދަ 16 އިން ފުރުސަތު ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށާއި އެންމެ ރަނގަޅު ނަތީޖާއާ އެކު ތިން ވަނަ ހޯދާ ހަތަރު ޓީމަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ މުހައްމަދު ކުޑޫސްގެ ގޯލުން ގާނާ ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި މިސްރަށް ނަތީޖާ ހަމަހަމަކޮށްދިނީ އުމަރު މާމޯސް އެވެ. ގާނާ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ވެސް ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ ފޯވާޑް ކުޑޫސް އެވެ.

މިސްރަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މުސްތަފާ މުހައްމަދު އެވެ.

ލިވަޕޫލަށް ކުޅޭ ސަލާހްގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.

“އަދި ނޭނގޭ ސަލާހަށް ދިމާވީ ކޮން މައްސަލައެއް ކަމެއް. އުއްމީދަކީ އެއީ ބޮޑު އަނިޔާއަކަށް ނުވުން. އަދި އެއްޗެއް ބުނަން މާ އަވަސް. ފަހު މެޗުގައި ސަލާހް ކުޅޭނޭ ކަމަށް އުއްމީދުކުރަން” މެޗަށް ފަހު މިސްރުގެ ކޯޗު ރުއީ ވިކްޓޯރިއާ ބުންޏެވެ.

އެފްރިކަން ކަޕްގައޮ ރޭ އިކުއަޓޯރިއަލް ގިނީ ރޭ ވަނީ 2-4 އިން ގިނީ ބިސާއޫ ބަލިކޮށްފަ އެވެ. މުބާރާތް ބާއްވާ އައިވަރީ ކޯސްޓް ވަނީ ނައިޖީރިއާ އަތުން 1-0 އިން ބަލިވެފަ އެވެ.

އެ ގްރޫޕުގެ އެއް ވަނައިގައި އޮތް އިކުއަޓޯރިއަލް ގިނީ އާއި ނައިޖީރިއާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އައިވަރީ ކޯސްޓް އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *