8000 މޭލަށް ދަތުރު ކުރިއިރު ބައިކޮޅަށް 12 ގޯލު ވަދެއްޖެ

Advertisement

8000 މޭލަށް ދަތުރު ކުރިއިރު ބައިކޮޅަށް 12 ގޯލު ވަދެއްޖެ

ފަހުމިނެޓް

ފްރެންޗް ކަޕްގައި ރޭ މާޓިނީކޫ އަށް ނިސްބަތްވާ ކްލަބް، ގޯލްޑަން ލަޔަން އިން ފްރެންޗް ލީގުގައި ކުޅޭ ލިލްއާ ވާދަކޮށް 0-12 އިން ބަލިވެއްޖެ އެވެ.

މެޗުގައި އެންމެ ފާހަގަކުރެވުނީ އެ މެޗު ކުޅެން ކުރި ދަތުރުގައި ޖުމްލަ 8000 މޭލު ގޯލްޑް ލަޔަންގެ ޓީމުން ކަޑައްތުކުރަން ޖެހުމެވެ. އެއީ ކޮޅަކަށް 4000 މޭލެވެ. ދިގު ދަތުރެއް ކޮށްފައި ގޯލްޑަން ލަޔަން ފްރާންސަށް ދިޔައީ ފްރެންޗް ކަޕްގައި ލިލްގެ ދަނޑުގައި ހައިރާން ކުރުވަނިވި ނަތީޖާއަކަށް އުއްމީދުކޮށްގެންނެވެ.

މާޓިނީކޫ އަކީ ފްރާންސްގެ ބޭރުން އެގައުމުގެ ބާރުގެ ދަށުގައި އޮންނަ ކެރީބިއަން އަށް ނިސްބަތްވާ ގައުމެކެވެ. އެ ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުންނެވެ. ފްރެންޗް ކަޕްގެ ގަވައިދުގައިވާ ގޮތުން ފްރާންސްގެ ޓެރިޓަރީގެ ބޭރުން އެގައުމުގެ ބާރުގެ ދަށުގައި އޮންނަ ގައުމުތަކުގެ ޓީމުތަކަށް ވެސް ވާދަކުރެވެ އެވެ. ގޯލްޑް ލަޔަން ފްރެންޗް ކަޕްގައި ވާދަކުރީ އެ އުސޫލުންނެވެ.

ރޭ ކުޅުނީ ފްރެންޗް ކަޕްގެ ރައުންޑް 64 ގެ މެޗުތަކެވެ.

މެޗުގައި ލިލް ފަސޭހައިން މޮޅުވިއިރު ފުރަތަމަ ހާފުގައި ހަތް ގޯލު ޖެހި އެވެ. ދެ ވަނަ ހާފުގައި އެ ޓީމަށް ޖެހުނީ ފަސް ގޯލެވެ.

މިވަގުތު ފްރެންޗް ލީގުގެ ފަސް ވަނައިގައި އޮތް ލިލް ޓީމުގެ ދެ ކުޅުންތެރިއަކު ރޭ ހެޓްރިކް ހެދި އެވެ. އެއީ ކެނެޑާ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ޖޮނަތަން ޑޭވިޑް އާއި ކޮސޯވޯ ގައުމީ ޓީމުގެ ފޯވާޑް އިޑޮން ޒެގްރޯވާ އެވެ.

އެ ދެކުޅުންތެރިންގެ އިތުރުން ގޯލު ޖެހީ ޔޫސުފް ޔަޒިޗީ އާއި އާނާ ހެރަލްޑްސަން، ތިއާގޯ ސަންޓޯސް އަދި އެމީން މީސޮސާ އެވެ.

މެޗުގައި ލިލް އިން 37 ހަމަލާ ފޮނުވާލިއިރު ގޯލްޑަން ލަޔަން އަށް ލިލްގެ ގޯލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ފްރެންޗް ކަޕްގައި ޕީއެސްޖީ ކުޅޭ މެޗުގައި މިރޭ ދަންވަރު ނުކުންނާނީ ރެވެލްއާ އެވެ. ރެވެލް އަކީ ފްރާންސްގެ ހަ ވަނަ ފަންތީގައި ވާދަކުރާ ކްލަބެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *